
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސައްހަ ނޫން ފޯމްތަކެއްގެ މުގާބިލުގައި ޕާޓީއަށް މެންބަރުން އިތުރުކޮށް ދިވެހި ލޮބުވެތި ރައްޔިތުންގެ ހައްގުތަކެއް ގެއްލޭފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ ރައީސް އަދި ލީޑާޝިޕުން އެއްވެސް ވަރަކަށް ބަލައިގަންނަ ނުވަތަ ހިތްވަރުދޭކަމެއް ނޫން ކަމަށް ޕީއެންސީއިން ވިދާޅުވެއްޖެއެވެ.
ޕީއެންސީއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް އެ ޕާޓީއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން އެކްޓިވިސްޓުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ބައިވެރިވުމާއެކު ހިންގި ” މެންބާޝިޕް ޑްރައިވް” ގައި ޕާޓީއަށް ހުށަހެޅުނު އެތައްހާސް ފޯމެއް އެ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށް މަދު ނަމަވެސް ސައްހަ ނޫން ފޯމްތަކެއް ހުށަހެޅިފައިވާކަން މިހާރު ފާހަގަކުރެވިފައިވާ ކަމަށެވެ.
“މެންބާޝިޕް ޑްރައިވް” އަކީ ރާއްޖޭގައި މިހާތަނަށް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ސިޔާސީ ޕާޓީއަކަށް މެންބަރުން ވަނުމަށް ފޯމު ހުށަހެޅުނު އެއް ހަރަކާތް ކަމަށް ޕީއެންސީއިން ވިދާޅުވެއެވެ. އަދި އިދާރީ މުއައްޒަފުން ނުހަނު ބުރަކޮށް މަސައްކަތްކޮށް ޕާޓީގެ އިލެކްޝަންސް ޕޯޓަލް މެދުވެރިކޮށް އެ ފޯމުތައް އަޕްލޯޑް ކުރަމުން ދިޔަ ނަމަވެސް ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލުކަން ޕާޓީގައި ނެތުމުގެ ނަތީޖާއަކީ ފޯމެއްގެ ސައްހަަކަމާއިމެދު ސުވާލު އުފެދުން ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ)
ސުވާލުއުފެދޭ ހިސާބަކީ އީސީއަށް ފޯމު ހުށަހެޅުމުގެ ފަހުގައި މަރުހަލާއެއް ކަމަށް ޕީއެންސީއިން ވިދާޅުވިއެވެ. ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ މާހައުލެއް ރާއްޖޭގައި ވުޖޫދުކުރެވުނު ހިސާބުން ފެށިގެން މިއަދާއި ހަމައަށް ވެސް ރާއްޖޭގައި ވަސީލަތްތައް ހުރި ގޮތުން މިކަމަކީ މި ޕާޓީއަށް އެކަނި އޮތް ގޮންޖެހުމެއް ނޫންކަން ކަމަށް ވިދާޅުވިއެވެ.
” މިހާތަނަށް އެކި ފަރާތްތަކުން ސައްހަ ނޫން ފޯމުތަކެއް މި ޕާޓީގެ ނަމުގައި އީސީއަށް ހުށަހަޅާފައިވާކަން ބަޔާންކޮށް އީސީއަށާއި ދިވެހި ފުލުހުންގެ މުއައްސަސާއަށް ޝަކުވާތަކެއް ލޮގް ކުރައްވާފައިވާތީ އެ ދެ މުއައްސަސާއިން ވެސް ވަނީ އެ މައްސަލަތައް ބައްލަވަމުން ގެންދަވާކަން މި ޕާޓީއަށް އަންގާފައި.” ޕީއެންސީއިން ވިދާޅުވެއެވެ. އަދި އެ ޕާޓީއިން ވެސް ދަނީ އެފަދަ ފޯމްތައް ހުށަހެޅިފައިވާގޮތް ބަލަމުން ކަމުގައި ވިދާޅުވިއެވެ. އަދި ކޮންގްރެސް ޕާޓީގެ ފަރާތުން އެ ދެ މުވައްސަސާއަށް އެކަން ބެލުމުގައި ފުރިހަމަ އެއްބާރުލުން ދެމުންގެންދާނެކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާ ކަމަށް ޕީއެންސީއިން ވިދާޅުވިއެވެ.
“ސައްހަ ނޫން ފޯމްތަކެއްގެ މުގާބިލުގައި މި ޕާޓީއަށް މެންބަރުން އިތުރުކޮށް ދިވެހި ލޮބުވެތި ރައްޔިތުންގެ ހައްގުތަކެއް ގެއްލޭފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ މި ޕާޓީގެ ރައީސް އަދި ލީޑާޝިޕުން އެއްވެސް ވަރަކަށް ބަލައިގަންނަ ނުވަތަ ހިތްވަރުދޭކަމެއް ނޫން.” ޕީއެންސީއިން ވިދާޅުވިއެވެ. ޕީއެންސީއިން ވިދާޅުވީ އެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށާއި އެ ޕާޓީގެ މެންބަރުން އަދި ޖުމްލަކޮށް ދިވެހި ރައްޔިތުންހގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ޒިންމާދާރި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެ ޕާޓީއިން ކުރަންޖެހޭ ކަމެއް ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސައްހަނޫން ފޯމެއް މެދުކޮށް ޕީއެންސީއަށް ވެއްދުމުގެ އެއްވެސް މައްސަލައެެއް ކުރިމަތިވެފައިވާނަމަ އެ ޕާޓީއަށް މެއިލްކުރުމުން އެފަދަ ފޯމުތަކަށް އަވަސް ހައްލެއް ގެނެސްދިނުމަށް ކުރެވެންހުރި ހުރިހާކަމެއް ކޮށްދޭނެ ކަށަވަރުކަންދޭ ކަމަށް ޕީއެންސީއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
