
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މޯލްޑިވިއަން އެއާލައިންގެ މަތިންދާބޯޓުން ދަތުރުކުރާ ގިނަ ބައެއްގެ އެއް ޝަކުވާއަކީ އެ އެއާލައިންގެ ބޯޓުތައް ބާވެފައިވާ އަދި ހިދުމަތްތަކުގެ ފެންވަރު ދަށް ވާހަކަ އެވެ. އެ އެެއާލައިން ވަނީ މިމައްސަލަތައް ހައްލު ކުރުމަށްޓަކައި ޑޮމެސްޓިކް ބޯޓުތައް އާ ކުރުމުގެ މަސައްކަތް ފަށާފއެވެ. މިވަގުތު މޯލްޑިވިއަންގައި ބޭނުންކުރާ ޑޭޝް-8 ގެ ބޯޓުތަކުގެ ބަދަލުގައި އޭޓީއާރަށް އަންނަނީ ބަދަލު ކުރަމުންނެވެ. އެކަން ހާސިލުކުރަން 2023 ވަނަ އަހަރު ކުރީކޮޅު “ބްރޭންޑް ނިއު” ތިން މަތިންދާބޯޓު ގެނެސްފައިވެ އެވެ. މިދިޔަ އަހަރު އެއް ބޯޓު ގެނެސްފައިވާ އިރު މި އަހަރުގެ މާޗް މަހު އާ ބޯޓެއް ގެންނާނެ އެވެ. އަދި ޑޮމެސްޓިކް ފްލައިޓްތަކަށް ޕްރީމިއަމް އިކޮނޮމީ ތައާރަފް ކުރަން އެ އެއާލައިން އިން ވަނީ ނިންމާފައެވެ.
އިތުރު ތިން ބޯޓާ އެކު، އޭޓީއާރްގެ އަދަދު 8 އަށް އިތުރު ކުރެވޭނެ އެވެ. ބޯޓުތައް އާ ކުރުމަށް މިހާތަނަށް 70 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހޭދަކުރި އިރު 8 ބޯޓު ގެންނަން ގާތްގަނޑަކަށް 140 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް އައިއޭއެސް އިން ލަފާކުރެ އެވެ. މޯލްޑިވިއަން އިން އެންމެ ފުޅާދާއިރާއެއްގައި ހިންގަނީ ޑޮމެސްޓިކް ދަތުރުތައް ކަމަށްވާ އިރު އެ ދަތުރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެ އެވެ.
މިހާރު މޯލްޑިވިއަންގެ ފްލައިޓުތައް އެވްރެޖްކޮށް 80 އިންސައްތަ ގަޑިއަށް ފުރަމުންދާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. ކުރީގައި ފްލައިޓުތައް ގަޑިއަށް ފުރުވުމަކީ އެ އެެއާލައިން އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައި ވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
