
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
އިނގިރޭސި އެފްއޭ ކަޕްގައި ޕެނަލްޓީ ޖަހައިގެން 5-3 އިން ކުރި ހޯދައި މެންޗެސްޓާ ޔުނައިޓެޑުން އާސެނަލް ކަޓުވާލައި، މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފި އެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމު 1-1 އިން އެއްވަރުވުމުންނެވެ.
މެޗުގެ 52 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ޔުނައިޓެޑަށް ލީޑު ނަގައިދީފައި ވަނިކޮށް އޭގެ 11 މިނިޓު ފަހުން އާސެނަލް އަށް އެއްވަރު ކޮށްދިނީ ޑިފެންޑަރު ގެބްރިއެލް މަންގަޅޭސް އެވެ. އޭގެ ދިހަ މިނިޓު ފަހުން އާސެނަލް އަށް ލީޑު ނަގަން ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ޕެނަލްޓީ، ޔުނައިޓެޑްގެ ތުރުކީ ކީޕަރު އަލްޓޭ ބަޔިންޑިއޭ ވަނީ މަތަކޮށްފަ އެވެ.

(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ގެބްރިއެލް އާސެނަލް އަށް ގޯލު ޖަހައިދިނުމުގެ ދެ މިނިޓު ކުރިން ޔުނައިޓެޑްގެ ޑިއޯގޯ ޑަލޮޓް އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. އާސެނަލްގެ އޮޑެގާޑް އާއި ޑެކްލަން ރައިސް އަދި ތޯމަސް ޕާޓޭ ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް އެޓީމުން ދެވަނައަށް ފޮނުވާލި ކައި ހަވާޓްޒްގެ ޕެނަލްޓީ، މެޗުގެ ހީރޯ އަކަށް ވި ޔުނައިޓެޑްގެ ކީޕަރު ބަޔިންޑިއޭ މަތަކުރި އެވެ. ޔުނައިތެޑްގެ ޕެނަލްޓީތައް ޖަހައިދިނީ ފެނާންޑޭޒް އާއި އަމަޑް ޑިއާލޯ، ލެނީ ޔޯރޯ އަދި ލިސަންޑްރޯ މާޓިނޭޒްގެ އިތުރުން ޖޯޝުއާ ޒާކްޒީ އެވެ.

(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
މިއީ މިދިޔަ މަހު ލީގުގައި ވާދަވެރި މެންޗެސްޓާ ސިޓީ ބަލިުރި ފަހުން ޔުނައިޓެޑް މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. ސިޓީ ބަލިކުރި ފަހުން ޔުނައިޓެޑް ވަނީ ޓޮޓެންހަމް އަތުން ބަލިވެގެން ލީގް ކަޕްގެ ކުއާޓާ ފައިނަލުން ކަޓައިފަ އެވެ. އަދި ލީގުގައި ބޯންމަތާއި ވުލްވްސް އަދި ނިއުކާސަލް އާ ދެކޮޅަށް ލަނޑެއް ނުޖެހި ބަލިވެފައި ވާއިރު، ލިވަޕޫލް އަތުން ވަނީ ޕޮއިންޓެއް ހޯދައިފަ އެވެ. އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި މިރޭ ޓޮޓެންހަމް ވަނީ ފަސްވަނަ ޑިވިޝަންގެ ޓެމްވޯތާ ވާދަކޮށް އިތުރު ވަގުތު ކުޅެގެން 3-0 އިން މޮޅުވެފަ އެވެ. އަދި ނިއުކާސަލް ޔުނައިޓެޑް ވަނީ 3-1 އިން ހަތަރުވަނަ ޑިވިޝަންގެ ބްރޮމްލީ ބަލިކޮށްފަ އެވެ.
މުބާރާތުގެ ތިންވަނަ ބުރުގައި ރޭ މެންޗެސްޓާ ސިޓީ ވަނީ 8-0 އިން ހަތަރުވަނަ ޑިވިޝަންގެ ސެލްފޯޑް ސިޓީ ބަލިކޮށްފަ އެވެ. ޗެލްސީ ރޭ 5-0 އިން ހަތަރުވަނަ ޑިވިޝަންގެ މޯކަމްބޭ އަތުން މޮޅުވެފައި ވާއިރު ލިވަޕޫލް ވަނީ 4-0 އިން އެކްރިންގްޓަން ބަލިކޮށްފަ އެވެ. އަދި ޕްރިމިއާ ލީގުގެ ތިންވަނައިގައި މިވަގުތު އޮތް ނޮޓްނަމް ފޮރެސްޓް ވަނީ ރޭ 2-0 އިން ލޫޓަން ޓައުން ބަލިކޮށްފަ އެވެ. އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ނުކުންނާނީ، ވެން ނިސްޓެލްރޫއީގެ ލެސްޓަ ސިޓީއާ ދެކޮޅަށެވެ. ލެސްޓާ ވަނީ ރޭ ކިއުޕީއާރާ ވާދަކޮށް 6-2 އިން މޮޅުވެފަ އެވެ. ލިވަޕޫލް ބައްދަލުކުރާނީ ރޭ ބްރެންޓްފޯޑް 1-0 އިން ބަލިކުރި ޕްލައިމަތު އާޖައިލްއާ ދެކޮޅަށެވެ. ޗެލްސީ އާއި ބްރައިޓަން ބައްދަލު ކުރާއިރު، ޓޮޓެންހަމް ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.
މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ، އަންގާރަ ދުވަހުގެ ރޭ ޑާބީ ކައުންޓީ އާއި ލޭޓަން އޮރިއެން ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
