
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެސްޓޯނިއާ ދަތުރުފުޅުން ޓެކްނޮލޮޖީ ދާއިރާ ކުރިއަރުވަން ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ. އެސްޓޯނިއާ އަކީ ޓެކްނޮލޮޖީ ގޮތުން ޔޫރަޕްގައި އެންމެ ފާހަގަ ކޮށްލެވޭ އެއްގައުމެވެ. އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކާރިސްގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު އެ ގައުމަށް ފުރާ ވަޑައިގަންނަވާނީ މާދަމާއެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރައީސް މި ދަރުތުފުޅު ކުރައްވާނީ މި މަހުގެ 13 ވަނަ ދުވަހުން 16 ވަނަ ދުވަހަށެވެ.
ޕީއެސްއެމްގެ ޕްރޮގްާމެއްގައި މި ދަތުރުފުޅާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ.ކިނާނަރު ވިދާޅުވީ މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހި ކުރުމާއި ޑިޖިޓަލް އަދި ސައިބަރ އަދި އީ- ގަވަރނަންސް ދާއިރާއިން އަދި މޫސުމާ ތިމާވެއްޓާއި، ގުޅުން ހުރި މައްސަލަތަކާއި ބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރުން ކަމަށެވެ. “ދިވެހި ރާއްޖޭގެ ރައީސަކު ފުރަތަމަ އެސްޓޯނިއާ އަށް ކުރައްވާ ދަތުރުފުޅު، މި ދަތުރު ފުޅު ވެގެން ދަާނީ ވަރަށް ތާރީހީ ދަތުރު ފުޅަކަށް،”. އޭނާ ވިދާޅުވިއެވެ.
“އެގޮތުން ޓެކްނޮލޮޖީ އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި ވަރަށް މުހިންމު އެހީތެރިކަމަކަށް ވާނެ ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން. އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންކަން ދަސްވެ އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގަ ވެވޭ އެއްބެސްވުންތައް އިމްޕްލިމެންޓް ވެއްޖެކަމަށްވާނަމަ ޓެކްނޮލޮޖީ ދާއިރާއަށް ވަރަށް ބޮޑު އިންގިލާބެއް އަންނާނެ،”. ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެފައި ވެއެވެ. އެސްޓޯނިއާ އަކީ ޑިޖިޓަލް ރޭންކިން އަށް ބަލާއިރު ވަރަށް ގިނަ ރޭންކިންގތަކުގައިވެސް ކުރީގައި އުޅޭ ގައުމެއް ކަމަށް ޑރ.ކިނާނަތު ވިދާޅުވިއެވެ.
“އެ ގޮތުން ގްލޯބަލް ސެކިއުރިޓީ އިންޑެކްސް ގައި އެސްޓޯނިއާ އުޅެނީ ތިން ވަނައިގައި، ދެން ދުނިޔޭގެ އިކޮނޮމިކް ފޯރަމް ބްރޯޑްބޭންޑް ސަބްސްކްރިޕްޝަންގައި ދުނިޔޭގެ އެއްވަނައިގައި އުޅެނީ. އެހެންވީމަ މިގޮތައް ބަލާއިރު ވަރަށް ގިނަ ޑިޖިޓަލް ކަންތައްތަކުގައި އެސްޓޯނިއާ އުޅެނީ ކުރީގައި،”. ޑރ. ކިނާނަތު ވިދާޅުވިއެވެ. އެސްޓޯނިއާއަކީ ޓެކްނޮލޮޖީ ގޮތުން އެންމެ ފާހަގަ ކޮށްލެވޭ ގައުމު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
“ކެޕޭސިޓީ ބިލްޑިން އެންޑް ނޮލެޖް އެކްސްޗޭންޖް ހަގީގަތުގައި އަޅުގަނޑު މެންނަށް ޓެކްނޮލިޖީ ގޮތުން އެބޭފުން ކުރިއަރާ ދިޔަ ގޮތުގެ އެކްސްޕީރިއަންސް އަޅުގަނޑުމެން ގެއިން ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް، އެހެންވިމަ ކެޕޭސިޓީ ބިލްޑިން އަޅުގަނޑުމެން މީހުން ބިނާކޮށް އެ ދާއިރާއިން، މިހާރުވެސް އެކި ގޮތް ގޮތަށް އަޅުގަނޑުމެން މުވައްޒަފުން އަދި އަޅުގަނޑުމެންގެ ސްޓާފުން މިދާއިރާ ތަކަށް އަހުލުވެރި ވުމަށްޓަކައި އެކި ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތައް އެކި ގައުމު ތަކުގައި ކުރިއަށް ގެންދޭ. އެހެން ނަމަވެސް އެސްޓޯނިއާ އަށް ގޮސް މި ބާވަތުގެ ޕްރޮގްރާމެއްގައި އަޅުގަނޑު މެންނަށް ފުރުސަތު ލިބިއްޖިއްޔާ ވަރަށް ރަނގަޅުވާނެ.”. ޑރ ކިނާނަތު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
