
މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާ ހުސްކުރުމުގެ ތެރޭގައި ފެން ހިންދާ ޕަމްޕަށް ގެއްލުންދީފައިވަނިކޮށް، ޕަމްޕް ސްޓޭޝަންތަކާއި ނެޓްވޯކް ޗެކްކޮށް، އާރްޑީސީ އަދި ސްޓެލްކޯގެ އެހީތެރިކަމާއެކު މާފަންނު ސަހަރާގައި ބަހައްޓާފައިވާ ސްޓޭޝަން ވަގުތީ ގޮތުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ވިއްސާރައިގެ ސަބަބުން މާލޭ ސިޓީގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ކޮންމެ ފަހަަރަކު އެ ވުޒާރާއިން މާލޭގެ އެކި ސަރަަހައްދުތަކުގައި ގާއިމް ކުރެވިފައިވާ ޕަމްޕް ސްޓޭޝަންތައް އިންސްޕެކްޓްކޮށް މި ސްޓޭޝަންތައް ރަނގަޅަށް މަސައްކަތް ކުރާތޯ ބަލަމުން ކަަމަށެވެ.

އަދި މިގޮތަށް ބެލި ބެލުމުން މާފަންނު ސަހަރާގައި ގާއިމް ކުރެވިފައިވާ ޕަމްޕް ސްޓޭޝަނާއި އެ ސްޓޭޝަނާއި ގުޅާފައިވާ ހޮޅިތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަން އެ ވުޒާރާއަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެެވެ. އަދި މި ޕަމްޕް ސްޓޭޝަނަށް ގެއްލުންވެފައި ވަނީ މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ޕަމްޕް ސްޓޭޝަނަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ބެލުމެއް ނެތި އެ ސަރަހައްދު ކޮނެފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. “އަދި މި މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފައި ވަނީ މި މިނިސްޓްރީއާ މަޝްވަރާ ކުރުމެއް ނެތި އަދި މި މަސައްކަތާއި ގުޅޭ މައުލޫމާތެއް މިނިސްޓްރީއާ ހިއްސާނުކޮށްކަމުގައި ފާހަގަކުރެވެއެވެ.”. އެ ބަޔާނުގައި ވެއެވެ.
ފާއިތުވެދިޔަ މަހެއްހާ ދުވަސް ތެރޭގައި މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ އެކި ހާދިސާތައް ކައިރި ކައިރީގައި ހިނގާފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
