
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އެސްޓޯނިޔާ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގައި ޑިޖިޓަލް އަދި ސައިބަރ އީ-ގަވަނެންސްގެ ދާއިރާ އަދި އެނޫން ދާއިރާތަކުންވެސް ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ހާމަކުރައްވައިފިއެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށް ވެގެންދާއިއު، ރައީސް މުއިއްޒު މި ދަރުތުފުޅު ކުރައްވާނީ މި މަހުގެ 13 ވަނަ ދުވަހުން ފެސިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެސްޓޯނިޔާގެ ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ދެ ޤައުމުން ގުޅިގެން ސިޔާސީ، ޑިޖިޓަލް، ސައިބަރ އަދި އީގަވަނަންސް އާއި މޫސުމީ ބަދަލުތަކާއި ތިމާވެށ އަދި ސައިންސާއި ތައުލީމާ ގުޅުންހުރި ރޮނގުތަކުން މަސައްކަތްކުރުމަށް ފަހވެގެންދާނެއެވެ. މީގެއިތުރުންވެސް އެގައުމުގެ ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި 13 ވަނަ ދުވަހު ރައީސް އެސްޓޯނިޔާ އަށް ވަޑައިގެންނެވުމުން، މަރުޙަބާ ދެންނެވުމުގެ ހަރަކާތްތަކަށް ފަހު އެންމެ ފުރަތަމަވެސް އޮންނާނީ ރައީސް މުއިއްޒު އާއި ރައީސް އަލަރު ކަރިސް އާއި ދެމެދު ކުރިއަށް ގެންދާ ރަސްމީ ބައްދަލުކުރެއްވުމެވެ. އެގޮތުން، ދެ ރައީސުން މަޝްވަރާކުރައްވާނެ މުހިއްމު ކަންކަމުގެ ތެރޭގައި ބައިނަލްއަޤުވާމީ މަޝްރަހުގައި ހިނގަމުންދާ މުހިއްމު ކަންކަމާއި، ބައިނަލްއަޤުވާމީ ޖަމިއްޔާތަކުގައި ގުޅިގެން މަސައްކަތްކުރުން އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް ހިމެނެއެވެ.
އެއަށްފަހު ދެން ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އެސްޓޯނިޔާގައި ކޮމިއުނިސްޓް ވެރިކަން ހިނގިއިރު ދުނިޔެ ދޫކޮށްފައިވާ މީހުންގެ ހަނދާނުގައި ބިނާކުރައްވާފައިވާ ޒިޔާރަތަކަށެވެ. އެއަށްފަހު، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި މަޝްވަރާކުރުމަށް ރައީސް، އެސްޓޯނިޔާގެ އެޑިއުކޭޝަން މިނިސްޓަރ، ކްރިސްޓީނާ ކެއްލަސް އަދި ކްލައިމެޓް މިނިސްޓަރ ޔޯކޯ އެލެންޑަރ އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، މި މަހުގެ 14 ވަނަ ދުވަހު ރައީސް ކާރިސްގެ ޑިޖިޓަލް އެޑްވައިޒަރުން އިންތިޒާމުކޮށްގެން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ދެ ޤައުމުގެ ވަފުދާއެކު ރައުންޑް ޓޭބަލް ބައްދަލުވުމެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ހަމައެހެންމެ، އެދުވަހު، އެސްޓޯނިޔާގެ އީޖާދީ އުފެއްދުންތަކާއި ހޯދާފައިވާ ޑިޖިޓަލް ކާމިޔާބީތައް ރައީސް މުއިއްޒާއި ދިވެހި ވަފުދަށް ދެއްކުމަށް ހަމަޖެހިފައިވާއިރު އެޤައުމުގައި ހުންނަ “އީ-އެސްޓޯނިޔާ” އިމާރާތަށް ރައީސް މުއިއްޒު ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. ހަމަ އެދުވަހު، އެސްޓޯނިޔާގެ ޤާނޫނު ހަދާ މަޖިލިސް، ރިގިކޯގޫގެ ރައީސް ލޯރީ ހުސާރާއި، މިނިސްޓަރ އޮފް ހެލްތް ރީނާ ސިކުތާއި، މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ލިސާ-ލީ ޕަކޮސްޓާއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޖެނެރަލް ޖޮނަޓަން ވިސެވިއޯވްއާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. ހަމައެހެންމެ، މި ދަތުރުފުޅުގެ ތެރެއިން އެސްޓޯނިއަން އެސޯސިއޭޝަން އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ޓެލެކޮމިއުނިކޭޝަންގެ މަންދޫބުންނާ އެކު ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ ފަރާތްޕުޅުން ހާރިޖީ ވަޒީރު އަބްދުﷲ ޚަލީލާއި، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. ހަމައެހެންމެ، ފަންނިއްޔަތާ ގުޅޭ ޕްރައިވެޓް ސެކްޓަރ އިން ވިމެން އިން ޓެކް އާއި ޖަވާބު ޕްރައިވެޓް ލިމިޓެޑުގެ އިސް ފަރާތްތަކުންވެސް ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
