
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މާލޭގައި ފެންބޮޑުވެގެން 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާއި ގުޅިގެން މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި 528 ވެލި ބަސްތާ ޖަހާދީފައިވާ ކަމަށް ވިދާޅުވިއެވެ. މި އަހަރުގެ ތިންވަނަ ދުވަހު މާލެއަށް ވެހުނު ވާރޭގެ ސަބަބުން ލިބުނު ގެއްލުމުގެ އަދާހަމަ ހާމަކުރައްވަމުން އެންޑީއެމްޑީއޭއިން ވިދާޅުވީ މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހޯތެރިކަމަށް އެދި 740 އަށްވުރެ ގިނަ ތަނަކުން ރިޕޯޓްކުރި ކަމަށެވެ. އޭގެ ތެރޭގައި ގޭގެއާއި އެކިއެކި ވިޔަފާރިތަކާއި ސްކޫލްތަކާއި ގުދަންތައް ހިމެނެއެވެ.
އަދި ފެންބޮޑުވުމުގެ ހާދިސާއަށް އިޖާބަދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލަށް 20،000 ގޯނި ވެލި ބަސްތާ ޖެހުމަށް ފޯރުކޮށްދިން ކަމަށް ވިދާޅުވެއެވެ. ފެންބޮޑުވުމާއި ގުޅިގެން ހިފާގެންގުޅޭ ތަކެއްޗާއި އިމާރާތައް އެކިވަރުގެ ގެއްލުން ލިބިގެން ޑެމޭޖް އެސެސްމަންޓް ހަދަންޖެހޭ 145 ގޭބީސީއެއް ފާހަގަކުރެވުނު ކަމަށް ވެސް އެ އޮތޯރިޓީއިން ވިދާޅުވިއެވެ. އޭގެ ތެރެއިން 115 ގެއެއްގެ އެސެސްމަންޓް މިހާރު ވަނީ އެއްކޮށް ހަދާ ނިމިފައެވެ. 13 ގެއަކުން އެސެސްމަންޓް ހަދަން ބޭނުންނުވާ ކަމަށް އަންގާފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވެފައިވެއެވެ. އަދި ވެރިފަރާތަށް ނުގުޅިގެންނާއި ގެއަށް ނުވަދެވިގެނާއި އަދިވެސް އިތުރު ސަބަބުތަކާއި ހެދި އެސެސްމަންޓް ހަދަންޖެހޭ ތަނަށް ނުވަދެވުމުގެ ސަބަބުން 17 ތަނެއްގެ އެސެސްމެންޓް ނެހެދޭ ކަމަށް އެމްޑީއެމްޑީއޭ އިން ވިދާޅުވެއެވެ.
އޭގެ އިތުރުން އެ އޮތޯރިޓީން ވިދާޅުވީ ފެންބޮޑުވުމުގެ ހާދިސާގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުމުގެ ޖުމްލަ 2.2 މިލިއަނަށް ރުފިޔާއަށް އަރާކަމަށެވެ. މިއީ ހަމައެކަނި މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުމެވެ. އޭގެ ތެރޭގައި އެކިއެކި ވިޔަފާރިތަކާއި ގުދަންތައް ނުހިމެނޭކަން އެންޑީއެމްއޭ އިން ފާހަގަކުރައްވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
