
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ މުއްތަލިބް)
މާފަންނުގައި ފެންބޮޑުވަނީ މާލެ ސިޓީ ކައުންސިލުގެ އިހުމާލުން ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަނަކަށް ގެއްލުންވެގެން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ. މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާފަންނު ސަހަރާގައި މާލެ ސިޓީ ކައުންސިލުން ކުރިއަށްދިޔަ އެކްސްކަވޭޝަން މަސައްކަތެއްގައި އެ ތަނުގައި ހުރި ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަނަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހުއްދަ ނުހޯދައި މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ އެ މަސައްކަތުން ލިބުނު ގެއްލުމުގެ ސަބަބުން، މާފަންނު ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވަމުންދާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. “މާފަންނު ސަހަރާގައި މާލެ ސިޓީ ކައުންސިލާއި އެ ކައުންސިލުގެ ކޮންޓްރެކްޓަރުން އެކްސްކަވޭޝަން މަސައްކަތް ކުރިއަށް ގެންދިޔައީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް. އެ މަސައްކަތުގައި ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަނަށް ވަނީ ގެއްލުންތަކެއް ލިބިފައި. އެކަން ކުރީ މިނިސްޓްރީއަށް ނާންގައި،” އޭނާ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ޕަމްޕް ސްޓޭޝަނަށް ލިބުނު ގެއްލުން ހައްލުކޮށް، އެތަން އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
