
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ. މިދިޔަ 24 ގަޑިއިރު އެންމެ ގިނަައިން ވާރޭވެހުން ރަށްތައް މެޓުން އާންމު ކޮށްފައިވާއިރު، މާލެ ފާއިތުވި 24 ގަޑިއިރު 130.7 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށެވެ. އެއީ 79.5 މިލިމީޓަރުގެ ވާރޭއެެވެ.
ތިންވަނައަށް އެންމެ ގިނައިން އއ. ތޮއްޑޫއަށް ވާރެ ވެހިފައިވާއިރު، ހަތަރު ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް މެޓުން ހާމަކޮށްފައިވަނީ ގދ. ކާޑެއްދޫއަށެވެ. އެއީ 54.4 މިލިމީޓަރުގެ ވާރޭއެވެ.
ފާއިތުވި 24 ގަޑިއިރު ބޯކޮށް ވާރޭ ވެހުނު ސަރަހައްދުތައް:
- މާލެ – 130.7 މިލިމީޓަރުގެ ވާރޭ
- ހުޅުލެ – 79.5 މިލިމީޓަރުގެ ވާރޭ
- އއ. ތޮއްޑޫ – 70.3 މިލިމީޓަރުގެ ވާރޭ
- ގދ. ކާޑެއްދޫ – 54.4 މިލިމީޓަރުގެ ވާރޭ
- ނ. މާފަރު – 49.5 މިލިމީޓަރުގެ ވާރޭ
- ވ. ރަކީދޫ – 48.3 މިލިމީޓަރުގެ ވާރޭ
- ހުޅުމާލެ – 43.5 މިލިމީޓަރުގެ ވާރޭ
- ލ. މާވަށް – 35.5 މިލިމީޓަރުގެ ވާރޭ
މިއަދުގެ މޫސުން ކުރިއަަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި އުތުރާއި މެދު ރާއްޖެތެރޭ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަަށް ލަފާ ކުރެވެއެވެ. މެޓް އިން ވަނީ ދެކުނުގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާކަން ވެސް ހާމަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
