
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
އަންނަ ހަފްތާގައި އެމެރިކާގެ ރައީސްކަމާ ދެ ވަނަ ފަހަރަށް ހަވާލުވެ ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ބަރަހަނާ ފިލްމު ކުޅޭ މީހަކާ އެކު ބޭއްވި ނަހަމަ ގުޅުން ސިއްރުކުރަން ފައިސާ ދިން މައްސަލައިގައި ސާބިތު ކުށްތަކަށް އަދަބެއް ނުދީ ދޫކޮށްލުމަށް މިއަދު ހުކުމްކޮށްފި އެވެ. މި ހުކުމާ އެކު ޓްރަމްޕް ވާނީ ޖިނާއީ ކުށެއް ސާބިތުވެފައި ހުރެގެން އެމެރިކާގެ ރައީސްކަން ކުރައްވާ ފުރަތަމަ ލީޑަރަށެވެ.
ޓްރަމްޕުގެ މައްޗަށް ސާބިތުވާ ކަމަށް 2024 ވަނަ އަހަރުގެ މެއި މަހު ކަނޑައެޅި، ވިޔަފާރީގެ ރެކޯޑްތައް އޮޅުވާލުމުގެ 34 ދައުވާގައި ޖަލު ހުކުމެއް އިއްވެން އޮތް ނަމަވެސް ފަނޑިޔާރު ނިންމެވީ ޓްރަމްޕަށް ޖަލު ހުކުމެއް ވެސް އަދި ޖޫރިމަނާގެ ހުކުމެއް ވެސް ނުއިއްވާށެވެ. މިއީ ވަރަށް މަދުން ނޫނީ އެމެރިކާގެ ކޯޓުތަކުން ނިންމާ ގޮތެއް ނޫނެވެ. “މީގެ ކުރިން ދުވަހަކުވެސް މި ކޯޓަށް މިހާ ތަފާތު އަދި ފާހަގަކޮށްލެވޭ ހާލަތްތަކެއް ހިމެނޭ މައްސަލައެއް ހުށަހަޅާފައެއް ނުވޭ،” ފަނޑިޔާރު ހުއާން މާޗަން ވިދާޅުވި އެވެ. “ކުށް ސާބިތުވެފައިވާ ހާލަތުގައި، ގައުމުގެ އެންމެ މަތީ މަގާމަށް ހުރަސް ނޭޅޭ ގޮތަށް ދެވޭނެ ގާނޫނީ އަދަބަކީ ޝަރުތެއް ނެތި ދޫކޮށްލުން.”
ޓްރަމްޕަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުން ބޭއްވި އިރު ކޯޓުން ކުރިން އިރުޝާދު ދީފައިވާ ގޮތަށް ޓްރަމްޕް ބައިވެރިވެވަޑައިގަތީ ވާޗުއަލްކޮށެވެ. ގާނޫނީ ވަކީލުންނާއި މީޑިއާތަކުގެ މީހުން ކޯޓު ރޫމް ފުރެންދެން ގޮސް ތިއްބެވެ. އަދަބު ކަނޑައެޅުމުގެ ކުރިން ޓްރަމްޕް ވިދާޅުވީ މިއީ ވަރަށް ގޯސް ތަޖުރިބާއެއް ކަމަށާއި މިއީ ނިއު ޔޯކާއި ނިއު ޔޯކްގެ ކޯޓް ސިސްޓަމަށް ވެސް ލިބުނު ދެރައެއް ކަމަށެވެ. “މިއީ އަޅުގަނޑުގެ އަބުރު ކަތިލުމަށް ކުރި ކަމެއް. މިއީ އަޅުގަނޑަށް އިންތިހާބު ކާމިޔާބުވިޔަ ނުދިނުމަށް ކުރި ކަމެއް،” އޭނާ ވިދާޅުވި އެވެ.
ހުކުމް އިއްވުމުގެ ކުރިން ޕްރޮސިކިއުޓާ ޖޯޝުއާ ސްޓެއިންގްލާސް ވިދާޅުވީ ޓްރަމްޕްގެ މައްޗަށް ސާބިތުވެފައި ވަނީ “ރޭވިގެން އަދި ތަކުރާރުކޮށް ހިންގި އޮޅުވާލުމުގެ އަމަލުތަކެއް” ކަމަށެވެ. މި މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އިއްތިފާގުން ކަމަށާއި އެ ނިންމުމަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށް ޕްރޮސިކިއުޓަރުން ވިދާޅުވި އެވެ. އެކަމަކު ޕްރޮސިކިއުޓަރުން ވެސް ވިދާޅުވީ ޓްރަމްޕް މިހާރު ވަނީ ރައީސްކަމަށް އިންތިހާބުވެ މި މަހުގެ 20 ވަނަ ދުވަހު މަގާމުގެ ހުވާކުރެއްވުމަށް ތައްޔާރުވެފައި ކަމަށް ވާތީ އެކަމަށް ހުރަސްއެޅިގެން ނުވާނެ ކަމަށާއި ގައުމުގެ އެންމެ މަތީ އޮފީހުގެ ޒިންމާތަކަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ. ޓްރަމްޕަކީ ކުށްވެރިއެއް ކަމަށް ކަނޑައެޅި ނަމަވެސް އަދަބެއް ނުދިނުމަކީ ޕްރޮސިކިއުޝަނުން ވެސް ހުށަހެޅި ގޮތެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
