
(ފޮޓޯ ކްރެޑިޓްސް: ސަން)
ފާއިތުވި ސަރުކާރުގައި ސްޓޭޓް ޓްރޭޑިންގ ކޮމްޕެނީ (އެސްޓީއޯ) ގެ ފުރަތަމަ މެނޭޖިންގ ޑިރެކްޓަރު ކަމުގައިވާ ޙުސައިން ޢަމްރު، ޑިމޮކްރެޓްސް ދޫކޮށް އަލުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ގުޅިއްޖެއެވެ. ޑިމޮކްރެޓްސްގެ ސިޔާސީ ޙަރަކާތްތައް ވަނީ ވަރަށް ދުވަސްތަކެއް ވަންދެން ހަމަހިމޭންވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެއްވެސް ގޮނޑިއެއް ހޯދުމަށް ޕާޓީއަށް ނާކާމިޔާބުވުމާ ގުޅިގެން، ޕާޓީން އެއްވެސް ބޮޑު ސިޔާސީ ޙަރަކާތެއް ހިންގާފައެއް ނުވެއެވެ.
އެއަށްފަހު، ޕާޓީ އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރި ޢަމްރު ވެސް ވަނީ ސިޔާސީ މައިދާނުން މަޑުމަޑުން ފަހަތަށް ޖެހިފައެވެ. ޢަމްރު ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއަށް ގުޅުނު ކަން އިޢުލާންކޮށްފައިވަނީ އެމްޑީޕީގެ އިސް މެންބަރެއް ކަމުގައިވާ ކުރީގެ ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒެވެ. ނިޔާޒު ވަނީ އެކްސް (ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ޢަމްރުއަށް މަރުޙަބާ ކިޔާފައެވެ.
ޑިމޮކްރެޓްސް އުފެދިފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރާ އެމްޑީޕީން ވަކިވި ބައެއްގެ ފަރާތުން، ފިކުރީ ތަފާތުވުންތަކަކާ ގުޅިގެންނެވެ. އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއަށް ގުޅުނު މެންބަރުން ވަނީ އެމްޑީޕީގެ ސަރުކާރާއި ޕާޓީ ފެއިލްވެފައިވާ ކަމަށް ބުނެ ގަދައަށް ފާޑުކިޔާފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
