
(ފޮޓޯ ކްރެޑިޓްސް: ބީބީސީ)
މިހާރު އެމެރިކާގެ ލޮސް އެންޖެލިސްގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ސަބަބުން އެގައުމަށް ލިބިފައިވާ ގެއްލުމުގެ އަދަދު 150 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފިއެވެ. އެމެރިކާގެ މޫސުން ދިރާސާ ކުރާ “އެކިއުވެދަރ” އާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އަލިފާނުގެ ސަބަބުން ލޮސް އެންޖެލިސްއަށް ލިބިފައިވާ ގެއްލުން އުޅޭނީ 130 ބިލިއަން ޑޮލަރާއި، 150 ބިލިއަން ޑޮލަރާ ދެމެދުގައެވެ. އެހެން ނަމަވެސް އެމެރިކާގެ ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން އެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުމުގެ ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.
އެކިއުވެދަރ އިން ގެއްލުމުގެ މިންވަރު މިވަރުގެ ބޮޑު އަދަދެއް ލަފާކޮށްފައިވާއިރު އިއްޔެ އާ ހަމައަށް އެމެރިކާގެ މަލްޓިނޭޝާނަލް، މާލީ ޚިދުމަތްދޭ ކުންފުނި، ޖޭޕީ މޯގަންއާ ހަވާލާދީ ރިޕޯޓުތައް ބުނަމުން އައީ ލިބުނު ގެއްލުމުގެ އަދަދު 50 ބިލިއަން ޑޮލަރަށް އަރާނެ ކަމުގައެވެ. އެހެން ނަމަވެސް މިއަދު ލިބުނު ގެއްލުންތަކާއެކު އެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އަލިފާނުގެ ސަބަބުން ލޮސް އެންޖެލިސްގައި މުއްސަނދިންނާއި ގިނަ ސެލެބްރިޓީންގެ އަގު ބޮޑެތި ގޭގެ ވަނީ އަނދާ އަޅިއަށްފައެވެ. އޭގެ ތެރޭގައި ޕެރިސް ހިލްޓަންގެ ގެވެސް ހިމެނެއެވެ.

ލޮސް އެންޖެލިސްގައި މިވަގުތު ޖުމްލަ 5 އަލިފާންގަނޑެއް ފެތުރެމުން އެބަ ދެ އެވެ. އެއީ:
- ޕެލިސޭޑްސް ފަޔަރ: 19،978 އޭކަރުގެ ބިމަށް ފެތުރިފައިވާ މިއަލިފާންގަނޑުގައި 5300 އަށްވުރެ ގިނަ އިމާރާތް އަނދާފައިވާއިރު، ކޮންޓްރޯލް ކުރެވިފައިވަނީ މި އަލިފާންގަނޑުގެ އެންމެ 6 ޕަސެންޓެވެ. މިއީ މިވަގުތު ފެތުރެމުންދާ އެންމެ ނުރައްކާތެރި އަލިފާންގަނޑެވެ.
- އީޓޮން ފަޔަރ: މި އަލިފާންގަނޑު 13،960 އޭކަރުގެ ބިމުގެ ސަރަހައްދަށް ފެތުރި، 5000 އަށްވުރެ ގިނަ އިމާރާތް އަނދާފައިވާއިރު، އަލިފާންގަނޑު އެއްވެސް ވަރަށް ކޮންޓްރޯލް ކުރެފައި ނުވެ އެވެ.
- ހާސްޓް ފަޔަރ: މި އަލިފާންގަނޑު 771 އޭކަރުގެ ބިމަށް ފެތުރިފައިވާއިރު، އަލިފާންގަނޑުގެ 37 ޕަސެންޓު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
- ލިޑިއާ ފަޔަރ: މި އަލިފާންގަނޑު ފެތުރިފައިވަނީ 394 އޭކަރުގެ ބިމަށް ކަމަށްވާއިރު، އަލިފާންގަނޑުގެ 75 ޕަސެންޓު ވަނީ ކޮންޓްރޯލް ކޮށްފައެވެ.
- ކެނެތް ފަޔަރ: 1000 ހާ އޭކަރުގެ ބިމަށް ފެތުރިފައިވާ މި އަލިފާންގަނޑުގެ 35 ޕަސެންޓު ކޮންޓްރޯލްވެފައިވާއިރު، އަލިފާން ފެތުރެމުންދާ ސަރަހައްދުތަކުން ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުވުމަށް ވަނީ އަންގާފައެވެ.
ސަންސެޓް ފަޔަރގެ ނަމުން ނަންދީފައިވާ ފަސްވަނަ އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ. އެ އަލިފާންގަނޑުގައި އެއްވެސް އިމާރާތަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ވެފައި ނުވެއެވެ. އަލިފާނުގެ ސަބަބުން މިހާތަނަށް 10 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައި ވެއެވެ. އެހެން ނަމަވެސް މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
