
ލުބްނާނުގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި، ޖޯސެފް އައޫންއަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރާއްޖެއާއި ލުބްނާނާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ބިނާވެފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ވާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މީގެ އިތުރުން އެ މެސެޖުގައި، ލުބްނާނަށް ޞުލްޙަ މަސަލަސްކަމާއި އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުމުގައި ލުބްނާނުގެ ރައީސަށް ޙިކުމަތްތެރިކަމާއި ކާމިޔާބަށް އެދިވަޑައިގެންފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ލުބްނާނުގެ އައު ރައީސް، އައުންއަށް ދުޅަހެޔޮ ޞިއްޙަތެއްގައި ލެހެއްޓެވުމާއެކު، އުފާފާގަތިކަމާއި، ލުބުނާނުގެ އަޚުވަންތަ ރައްޔިތުންނަށް ޞުލްޙަމަސަލަސްކަމާއި ކުރިއެރުން ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. ލުބްނާނުގެ ކުރީގެ ރައީސް، މިޗެލް އައުންގެ ވެރިކަން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވައްޓާލި ފަހުން އެގައުމުގެ ރައީސްގެ މަގާމަށް މީހަކު އައްޔަންކޮށްފައި ނުވެއެވެ. އެފަހުން ދެ އަހަރު ވެފައިވާއިރު، އެގައުމުގެ މަޖިލީހުން ވަނީ ރައީސަކު އައްޔަންކުރަން 12 ފަހަރެއްގެ މަތިން މަސައްކަތްކޮށްފައެވެ.
ލުބްނާނުގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓުން ޖޮސެފް އައުން ރައީސްކަމުގެ މަގާމަށް އިންތިޚާބު ކުރީ 128 ގޮނޑި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
