
ދުނިޔޭގެ އެކިކަންކޮޅުތަކަށް ސެޓެލައިޓް އިންޓަނެޓުގެ ޚިދުމަތް ދެމުން އަންނަ ސްޓާލިންކުން، އެކުންފުނީގެ އިންޓަނެޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާ ކުރުމަށްޓަކައި އިތުރު 24 ސެޓެލައިޓު އުދުއްސާލައިފިއެވެ. މިހާރު ރާއްޖެއަށްވެސް ތައާރަފްކޮށް، ފޯރުކޮށްދެމުންދާ ސްޓާލިންކުގެ އިންޓަނެޓް ޚިދުމަތަކީ ސެޓެލައިޓް މެދުވެރިކޮށް މަޝްހޫރު މަހުޖަނު، އިލޮން މަސްކުގެ ސްޕޭސްއެކްސްއިން މުޅި ދުނިޔެއަށް ދެމުން ގެންދާ ޚިދުމަތެކެވެ. މި ޚިދުމަތް މިހާރު ދުނިޔޭގެ ގިނަ ގައުމުތަކަކަށް ވަނީ ފުޅާކޮށްފައެވެ.
މި އަހަރުގެ ފުރަތަމަ ސްޓާލިންކް މިޝަން ސްޕޭސްއެކްސް އިން ފްލޮރިޑާގެ ކޭޕް ކެނަވެރަލް ސްޕޭސް ފޯސް ސްޓޭޝަނުން ކާމިޔާބުކަމާއެކު ލޯންޗްކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ރޭ ދަންވަރު 2:13 ގައެވެ. މި މިޝަންގައި ސްޕޭސް އެކްސްގެ ބޮޑު ސެޓެލައިޓް ފެލްކަން 9 ރޮކެޓަކުން 24 ސްޓާލިންކް ސެޓެލައިޓް އޯބިޓަށް ގެންގޮސްފައިވެ އެވެ. ސްޕޭސް އެކްސްއިން ސެޓެލައިޓްތައް ފޮނުވުމުގެ ސަބަބުން ދުނިޔޭގެ ކަނެކްޓިވިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު މުހިންމު ކުރިއެރުމެއް ވަނީ ލިބިފައެވެ.
މި މިޝަންގައި ދުނިޔޭގެ އޯބިޓަށް 24 ސެޓެލައިޓް ދޫކޮށްލާފައިވާއިރު، އެ ސެޓެލައިޓުތައް ގުޅޭނީ ސްޓާލިންކުގެ އިންޓަނެޓު ޚިދުމަތް ދޭ، ދުނިޔެ ވަށައިގެން އަށަގެންފައިވާ 6850 ސެޓެލައިޓުގެ ލައިނާ އެވެ. އެއާއެކު އިތުރު ގައުމުތަކަށް ހަލުވި ކަމާއެކު އިންޓަނެޓު ލިބި، އަދި އިންޓަނެޓު ލިބުމުގައި މައްސަލަ ދިމާވާ ގައުމުތަކަށް އެމައްސަލަ ހައްލުވެގެންދާނެ ކަމަށް ވެއެވެ. މި ސެޓެލައިޓުތައް ދުނިޔޭގެ އޯބިޓަށް ފޮނުވާފައިވަނީ މީގެ ކުރިން އިންޓަނެޝާނަލް ސްޕޭސް ސްޓޭޝަނަށް އެސްޓްރޮނޯޓުން ގެންގޮސްދިން ފެލްކަން 9 ރޮކެޓުގައެވެ. އެފަހަރުވެސް ރޮކެޓު ވަނީ ކާމިޔާބުކަމާއެކު ދުނިޔޭގެ ބިމަށް ތިރިކޮށްފައެވެ. އަދި މިފަހަރުވެސް ފެލްކަން 9 ވަނީ ކާމިޔާބުކަމާއެކު ދުނިޔޭގެ ބިމަށް ތިރިކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
