
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ގދ.ރަތަފަންދޫ ބަނދަރަކީ ހުވަދު އަތޮޅު ދެކުނުބުރީގެ ރަށްތަކުގެ ތެރެއިން އެންމެ ހާލަތު ދަށްކޮށް އޮތް ބަނދަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ރަތަފަންދޫ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ވިދާޅުވީ، ރަތަފަންދޫ ބަނދަރުގެ ހާލަތު ވަރަށް ދަށް ކަމަށާއި މިއަހަރުތެރޭގައި އެރަށު ބަނދަރު ހަދައިދޭނެ ކަމަށެވެ.
“އަޅުގަނޑުމެން ދެންމެ ވަދެގެން އައިއިރު ފެނޭ ބަނދަރު އޮތް ހާލަތު. މި އަތޮޅުގައިވެސް ހަމަ އެންމެ ހާލު ދަށްކޮށް އޮތް ބަނދަރަކަށް ވާނެ މިރަށުގެ ބަނދަރު. މިއަހަރުތެރޭ ކުރިޔަށް ގެންދާ ބަނދަރު މަޝްރޫއުގެ ތެރޭގައި ހިމަނައިގެން މިރަށުގެ ބަނދަރު ހަދައިދޭނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދެން.” ރައީސް ވިދާޅުވިއެވެ.
ރަތަފަންދޫ ކައުންސިލް އިދާރާ ވަރަށް ބޮޑަށް ހަލާކުވެފައިވާ ވާހަކަ ކައުންސިލުގެ ރައީސް ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ރައީސް ވިދާޅުވީ، ވަރަށް ގިނަ ރަށްތަކުގެ ކައުންސިލް އިދާރާއަށް ބޭނުންކުރާ އިމާރާތް ހަލާކުވެފައިވާކަން ފާހަގަކުރެވޭ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ކަމާއި ބެހޭ އިދާރާތައް ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
“އަޅުގަނޑުމެން މިހާރު ވާނީ ކަމާއި ބެހޭ ވުޒާރާއިން، ސިޓީސް ލޯކަލް ކައުންސިލް އިދާރާއިން 50 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމަށްޓަކައި ބަޔަކާއި ހަވާލުކޮށްފައި. އޭގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށޭ ހިސާބަށް މަސައްކަތްތައް މިގެންދަނީ ތަރުތީބު ކުރަމުން. އެ ޕްރޮޖެކްޓުގެ ތެރޭގައި މިރަށްވެސް ހިމެނޭ.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރަށްގިރުމުގެ މައްސަލައާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޓީސީސީއާ ހަވާލުކުރެވިގެން ފެށިފައި އޮތް ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ހުއްޓިފައިވަނީ މެޓީރިއަލްގެ އަދި ފައިސާގެ ތާށިކަމާހެދި ކަމަށެވެ. އެންމެ ގިނަ ރަށްތަކުގެ މަސައްކަތް ހުއްޓިފައި އޮތް ސަބަބަކީ ބޮޑު ހިލަ ލިބުމުގެ ތާށިކަން ކަމަށް ރައީސް ވިދާޅުވިއެވެ.
“އެކިރަށްރަށުގައި މިހިރީ މަސައްކަތް ހުއްޓިފައި ބޮޑުހިލަ ނެތިގެން. ނޫނިއްޔާ ޝޯ ޕރޮޓެކްޝަނަށް ބޭނުންވާ މެޓީރިޔަލް ނެތިގެން. ބަނދަރުތަކާއި ރަށްގިރުމުގެ މައްސަލަ އާއި ބިން ހިއްކުމުގައި ބޭނުންވާ ތޮށިލުމާއި މިހެން ހުރި ކަންކަމަށް ބޭނުންވާ ހިލަ. މިހާރު ވަނީ ކަންތައްތަކެއް ރޭވިފަ ކަންތައްކުރާނެ ގޮތްތަކެއް ފައިސާވެސް ހަމަޖައްސައިދީފަ އޮންނާނީ މިދިޔަ ހަފްތާ ނިމުނުއިރުގަ.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބަނދަރާއި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާއިރު ރަށުގައި މޫދަށް އެރިލާނެ ތަނެއްވެސް ތައްޔާރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއވެެ. މީގެއިތުރުން ރަތަފަންދޫގައި ވޮލީ ކޯޓަކާއި އިންޑޯ ޖިމެއްގެ އިތުރުން ވަސީލަތްތައް ފުރިހަމަ ޔޫތު ސެންޓަރެއް އަޅައިދޭން އެމަނިކުފާނު ވެލެއްވި ވައުދުފުޅު ފުއްދައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ރަތަފަންދޫ ރައްޔިތުންނަށް ދެއް ވާފައެވެ.
މީގެއިތުރުން މިއަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން ސިއްޚީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރާނެ ކަމަށާއި ސްކޫލުގައި މިހާރު ހިނގަމުންދާ ކުލާސްރޫމުތައް އެޅުމުގެ މަޝްރޫއުގެ އިތުރަށް މަލްޓީޕާޕަސް ހޯލެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރަތަފަންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރީ ސަރުކާރުން ފެށި ނަމަވެސް ވަކި ހިސާބަކުން މަސައްކަތް ހުއްޓިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތްވެސް އަލުން ފަށައި މި ދައުރުގައި ނިންމައިދޭނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިޔަށް މިއޮތް ދެއަހަރު ތެރޭ ރަށްރަށަށް ބޭނުންވާ ކަންތައްތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. އަދި ކުރިޔަށް މިއޮތް 3 އަހަރު ވެގެންދާނީ އެމަނިކުފާނު ކެމްޕެއިންތެރޭގައި ވެފައިވާ ވައުދުތަކާއި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ފުއްދައިދިނުމުގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭނެ އަހަރުތަކެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
