
(ފޮޓޯ ކްރެޑިޓްސް: މިހާރު)
އެމްއޭސީއެލް އާއި ރީޖަނަލް އެއާޕޯޓްސް (އާރްއޭސީއެލް) އެއްކޮށްލުމުގެ މަސައްކަތް މި މަސް ތެރޭ ނިންމާލެވޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ. ޝަރީފު ވިދާޅުވީ، މިވަގުތު ކުރިއަށް ގެންދަނީ އާރްއޭސީއެލްގެ ވެލިއުއޭޝަން މަސައްކަތްތައް ކަމަށާއި، އެކަންކަން ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ރީޖަނަލް އެއާޕޯޓްސް ކުންފުނި، އެމްއޭސީއެލްގެ ދަށަށް ގެނައުމުން، މިވަގުތު އެ ކުންފުނީގެ ހެޑް އޮފީހުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ހުޅުލޭގެ އެމްއޭސީއެލްގެ އޮފީސް އިމާރާތައް ބަދަލުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އެމްއޭސީއެލް އާއި އާރްއޭސީއެލް އެއްކޮށްލާއިރު އެ ދެ ކުންފުނި ހިންގާނެ މޮޑެލް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ކަމަށެވެ. އެހެންވެ، ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރަށް ވާނެ ގޮތެއް އަދި ދަންނަވަން ނޭނގޭ ކަމަށެވެ. “މީގެ މޮޑެލް ފައިނަލައިޒްކުރާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން. އެސްއޯއީ ރިފޯމު ބޭފުޅުންގެ އެހީގައި އެކަން ކުރާނީ. ޓޯޓަލް މާޖާއެއްތޯ ނޫނީ ވަކި ދުވަހަކަށް ސަބްސިޑަރީއެއްތޯ ކަނޑައަޅާނީ،” އޭނާ ވިދާޅުވި އެވެ.
ކޮންމެ މޮޑެލްއަކަށް ހިންގި ނަމަވެސް، ކުންފުނީގެ ހަރަދުތައް ކުޑަކޮށް އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަރީފު ވިދާޅުވީ، ދެ ކުންފުނި އެއްކޮށްލި ނަމަވެސް، އެ ކުންފުނީގައި މިވަގުތު މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއް ވަކި ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް، ރީޖަނަލް އެއާޕޯޓުތައް ހިންގުމުގައި ވީހާވެސް ބޮޑަށް އެމްއޭސީއެލްގެ ރިސޯސްތައް ބޭނުންކޮށް، މިހާރަށް ވުރެ ބޮޑަށް ހިދުމަތްތައް ރަނގަޅު ކުރަން އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
“އަޅުގަނޑުމެން މުވައްޒަފުން ކަނޑައެއް ނުލާނަން. އިތުރު މުވައްޒަފުން ނެގުމުގެ ވިސްނުމެއް ނެތް. ވީހާވެސް ބޮޑަކަށް ސާވިސަސް ދޭ އިރު އެމްއޭސީއެލްގެ ސިނާޖީ ބޭނުންކުރަން އިސްކަން ދޭނަން،” އޭނާ ވިދާޅުވި އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން، އެމްއޭސީއެލް އާއި އާރްއޭސީއެލް އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އާރްސީއެލް އަކީ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެކެވެ. އާރްއޭސީއެލް އަށް 2023 ވަނަ އަހަރު ވަނީ 95 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ 24 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފަ އެވެ.
މިދިޔަ އަހަރުގެ އެ ކުންފުންޏަށް ބަޖެޓުން ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި 90 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކުންފުނީގެ ހިންގުން ހަމަޖައްސަން 2023 ވަނަ އަހަރު ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި 113 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
