
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މިއަހަރުގެ ރޯދައިގެ ކުރިން ހައްލުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ގދ. ފިޔޯރީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގިނަ ރަށްރަށުގައި ފެނަކާއިން ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރާ ގިނަ ޖަނެރޭޓަރުތައް ހުރީ ބަދަލުކުރަން ޖެހިފައި ކަމަށާއި، ސަރުކާރާ ހަވާލުވި އިރު “އެތައް އަހަރެއް ވެފަ އޮތީ އެތަންތަން ރަނގަޅަށް ނުބަލަހައްޓާތާ” ކަމަށެވެ. އަދި މިދިޔަ އަހަރުވެސް ގިނަ އަދަދެއްގެ ފައިސާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހޭދަ ކުރަން ޖެހުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މިހާރު އަޅުގަނޑުމެން ޚާއްސަ މަސައްކަތްތަކެއް ފަށައިން ފިނޭންސް މިނިސްޓްރީއާއި ފެނަކައާ އެސްޓީއޯ އެމްޓީސީސީ ތަންތަން ގުޅިގެން ކުރިއަށް އޮތް ރޯދަމަސް އަންނަން ވާއިރަށް އަޅުގަނޑުމެން މި އަމާޒު ކުރަނީ މުޅި ރާއްޖޭގަ މައްސަލައެއް އޮތް ރަށެއް ވިއްޔާ (ކަރަންޓުގެ މައްސަލަ އުޅޭ ރަށްތައް) އެއްވެސް ރަށެއް ދޫކޮށްނުލާ ހުރިހާ ރަށެއްގަ ޖަނެރޭޓަރުތަކުގެ މައްސަލަ ހައްލުކުރުމަށް ގެންނަން ޖެހޭ ޖަނެރޭޓަރުތައް ގެނެސްދީ އިންސްޓޯލްކޮށް ނިންމަން” ރައީސް ޑރ؛ މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެކަމަކީ ވަރަށް ބޮޑު “ޗެލެންޖަކަށް ވާނެ ކަމެއް” ކަމަށެވެ. އެހެން ނަމަވެސް “އެމަސައްކަތް މި ފެށީ” ކަމަށެވެ.
“ރަމަޟާން މަހު ތިޔަ ބޭފުޅުން ކަންބޮޑުވާނެޖެހިނުގަންނަވާ ފެންވަރަށް ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ އަޅުގަނޑުމެން އަމާޒު ހިފިކަންތައް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން ތިޔަ ބޭފުޅުން ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށް ކޮށްދެވޭތޯ.” ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގައި ދޭތެރެ ދޭތެރެއިން އަބަދުވެސް ކަރަންޓުގެ މައްސަލަ ޖެހެ އެވެ. އެގޮތުން ރަށްރަށުގައި ހުރި ޖަނެރޭޓަރުތަކަށް ލޯޑު ބޮޑުވެގެން ކަރަންޓު ކެނޑުމާއި، ޖަނެރޭޓަރު ތަކުން ގޭބިސީތަކަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފައްދައި ނުދިނުމުގެ އިތުރުން މެއިންޓެންނަންސާ ގުޅޭ މައްސަލަތަކާހުރެ ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަކީ އަބަދުވެސް ޖެހޭ މައްސަލަތަކެކެވެ. ރޯދަމަހަކީ އާއްމުކޮށްވެސް ރާއްޖޭގައި ކަރަންޓުގެ ޚަރަދު ބޮޑު މަހެއް ކަން މީގެ ކުރީ އަހަރުތަކުގައިވެސް ފާހަގަކުރެވިފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
