
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް އާއި ނައިބް ރައީސް ފިޔަވައި، ކައުންސިލްތަކުގެ މެންބަރުންގެ މަގާމަކީ ޕާޓް-ޓައިމް މަގާމުތަކަށް ހެދުމާއި މެދު ރައްޔިތުން ދެކެވަޑައިގަންނަވާ ގޮތް ބެއްލެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ހިޔާލަށް ހުޅުވާލައްވައިފިއެވެ. ގދ. ފިޔޯރީއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަރަދު ކުޑަ ކުރުމަށްޓަކައި ސަރުކާރުން ކަންތަައްތަކެއް ކުރަން ޖެހޭ ކަމަށެވެ.
“މިރޭ މި ވާހަކަ ދައްކާއިރު، ޕަބްލިކް ޑިބޭޓަށް އަޅުގަނޑު ހުށަހަޅާ ހިޔާލެއް، ކުރިންވެސް އަޅުގަނޑު ވާނީ ކައުންސިލްތަކުގެ ސައިޒް ނޫނިއްޔާ ކޮމްޕޮޒިޝަން ކުޑަ ކުރަން ޖެހޭ ކަން ހިޔާލު ފާޅު ކޮށްފައި، އަދި އެކަމަށްޓަކައި މަޝްވަރާ ކުރެވި ރައްޔިތުންގެ ހިޔާލާއި ކަމާއި ބެހޭ ހުރިހާ އެންމެންގެ މަޝްވަރާއާއި އެކީގައި ގެންނަންވާ ބަދަލުތައް ގެންނާނެ ކަމަށް،”. ރައީސް ވިދާޅުވީ، މީގެ ތެރެއިން އެއް ކަންބޮޑުވުމަކަށްވީ ކައުންސިލަރުންގެ އަދަދު މަދުކޮށްފިނަމަ، ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކުރާ ވާހަކަ ކަމަށެވެ. އެއީވެސް ކަންބޮޑުވުމެއް ކަމަށާއި، ބޭނުންވަނީ ހަރަދު ކުޑަ ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.
“މާ ނިޒާމުގެ ހަރަދު ބޮޑީ، ކޮންމެ ރަށެއްގައި، އެރަށެއްގަައި އާބާދީއަށް ހިދުމަތް ކުރަން ބޭނުންވާ އަދަދަށް ވުރެ ގިނައިން ފުލްޓައިމްކޮަށް ބައިވަރު ކައުންސިލަރުން ތިބުމަކީ ހަރަދުބޮޑު ނިޒާމެއް،”

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ގޮތުން މި ހުރިހާ ކަަމަށް އަލިއަޅުވާލާ ކުރެވިދާނެ ކަމެއް ކަަމަށް އެމަނިކުފާނަށް ފެންނަ ގޮތަކީ ކައުންސިލަރުންގެ އަދަދު މަދު ނުކޮށް، ފުލް ޓައިމްކޮށް ތިބޭނީ ރައީސާއި ނައިބް ރައީސް އެކަނި ކަމަށް ކަނޑައެޅުން ކަމަށް ވިދާޅުވިއެވެ. “ކައުންސިލްގެ މަގާމަކަށް ފުލްޓައިމް މަގާމަކަށް އިންތިހާބު ކައުންސިލްގެ ރައީސްގެ މަގާމަށާއި ނައިބް ރައީސްގެ މަގާމަށް ދެ މީހުން ކަމަށް ކަނޑަައަޅާ ދެން މިހާރު ވެސް ތިބޭ އަދަދަށް ކައުންސިލަރުން އިިންތިހާބު ކުރާނީ ނަމަވެސް އެއީ ކޮންމެ ޖަލްސާއަކަށް ވަކި އެލަވެންސްއެއް ލިބޭ ގޮތަށް، ސިޓިންގއަށް އެލަވެންސް ދޭ ގޮތަށް، ރާއްޖެ ނޫން އެހެން ގައުމުތަކުގައި، ތަރައްގީވެފައި އޮންނަ ގައުމުތަކުގައި އޮންނަ ގޮތް އެއީ،”. ރައީސް ވިދާޅުވިއެވެ.
މިހެން ހެދުމުން، ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ނުކުރާނެ ކަމަށާއި، މިހާރު ތިބި އަދަދަށް ކައުންސިލުން ތިއްބަވާނެ ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް އޮފީހުގައި ފުލްޓައިމްކޮށް ގާއިމްވެ، އޮފީސް ހިންގަން ތިބޭނީ ރައީސާއި ނައިބް ރައީސް ކަމަށް ރައީސްް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“މިކަން ކުރެވިދާނެ ރައީސް ކަމަަށް ކުރިމަތިލާ މީހާ އެކުގައި ރަނިންގ މޭޓެއްގެ ގޮތުގައި ކުރިމަތިލައިގެން އެ މީހާއާ އެކުގައި ވޯޓުލާން، އެއިރު އެއް ފިކުރެއްގެ އެއް ހިޔާލެއްގެ އެއް ސިޔާސީ ފިކުރެއްގެ ދެ މީހުން ހޮވުމަށް ފުރުސަތު ލިބޭނެ،”. ރައީސް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ވެސް ބަދަލު ކުރެވިދާނެ ކަން ފާހަގަކުރައްވާފައެވެ.
“ޑަބްލިއުޑީސީގެ ރައީސާއި ނައިބް ރައީސާއި އެއީ ފުލްޓައިމްކޮށް ނެގޭ މީހުންނަށް ހަދާ، ދެން ތިބޭ މީހުންނަކީ މިހާރު ތިބޭ ގޮތަށް އެލަވެންސް ލިބޭ މީހުންނަށް ހެދިދާނެ، ސިޓީ ތަކުގައިވެސް މޭޔަރާއި، ޑެޕިޔުޓީ މޭޔަރު އެކަނި އެއީ ފުލްޓައިމްކޮށް، އެގްޒެކެޓިވް ރޯލް އަދާ ކުރާ މީހުންގެ ގޮތުގައި، އިންތިހާބުކޮށް ދެން ތިބޭ ހުރިހާ ކައުންސިލަރުންނަކީ ޕާޓްޓައިމްކޮށް ކޮންމެ ޖަލްސާއަކަށް ލިބޭ އެލަވެންސްއެއް ލިބޭ ބަޔަކަށް ހެދުން،”. މިހެން ހެދުމުން ވަރަށް ބޮޑުތަނުން ހިންގުމުގެ ހަރަދު ކުޑަވެގެންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މީގެ ސަބަބުން ކައުންސިލަރުން ހޮވަން ޖެހޭ އަދަދަށް ބަދަލު ނާންނާނެ ކަމަށެވެ. އަދި މިކަން މިގޮތަށް ކުރަން ރައްޔިތުންނަށް ފެނިވަޑައިގަންނަވާނަމަ “ޕަބްލިކް ޑިބޭޓެއް” ކުރުމަކީ އެއީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިކަމަށް އެންމެ ރަނގަޅު ވިސްނުމެއް، ރައްޔިތުންގެ ތެރެއިން އައުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. “ވަރަށް ބޮޑުތަނުން ކައުންސިލްގެ ހަރަދު ކުޑަކުރެވުނީ، މަހުން މަހަަށް ކުރާ މުސާރައިގެ ހަރަދު، އެހެން ނަމަވެސް މީހުން ތިބޭނެ މިހާރު ތިބި އަދަދަަށް، އެއީ އަޅުގަނޑު ހިތުން ރާއްޖެއަށް އެކަށީގެންވާ ގޮތަކަށް ވާނެ، މި ހިޔާލު މިރޭ އަޅުގަނޑު ދޫކޮށްލީ، އަޅުގަނޑު އެދެނީ މިކަމަށް ރަނގަަޅު ހައްލެއް ކުރިއަށް އޮތް ދުވަސްތަކުގައި ގެންނަން، މަޝްވަރާ ކުރަން،”.
ރައީސް ވަނީ ކުރިއަށް އޮތްތަނުގައި މިކަމަށް ވަރަށް ސީރިއަސް ގޮތެއްގައި ފަންނީ ލެވެލްގައިވެސް، އަދި އާއްމު ރައްޔިތުންގެ މަޝްވަރާތަކުގައިވެސް މިކަމަށް ހިޔާލު ބަދަލުކޮށް، އެކަށީގެންވާ ގޮތަކަށް މިކަމަށް ހައްލެއް ގެނައުމަކީ ކުރަން ޖެހޭ ކަމެއް ކަަން ފާހަގަކުރައްވާފަައެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
