
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޗައިނާގެ ސީޒާންގ ޕްރޮވިންސަށް އައި ބިންހެލުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ. ޗައިނާއާއި ނޭޕާލް ގުޅޭ ބޯޑަރު ސަރަހައްދަށް މި ބިންހެލުން އައިސްފައި ވަނީ 7.1 މެގްނެޓިއުޑް ބާރުމިނުގައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ބިން ހެލުން އައިސްފައިވަނީ ޗައިނާއާއި ނޭޕާލްގެ ބޯޑަރު ކައިރީގައި އޮންނަ ޗައިނާގެ ޝިގަސްޓޭ ސިޓީ އަށެވެ. މިއީ މައުންޓް އެވަރެސްޓާ ކައިރި ހިސާބެކެވެ. މި ބިން ހެލުމުގެ ލޮޅުން އިންޑިއާ އަދި ނޭޕާލްގެ ބައެއް ސަރަހައްދުތަކަށް ވަނީ އަރާފައެވެ.
ރައީސް ޗައިނާގެ ރައީސް ޝީ ޖިންގޕިންއަށް ފޮނުއްވި މެސެޖުގައި އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ވަރަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވެއެވެ. ރައީސް ފޮނުއްވި މެސެޖުގައި ވަނީ މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެން، އެކަމުން އަރައިގަތުމުގެ ހިއްވަރާއި ސާބިތުކަމަށް އެދިވަޑައިގަންނަވާފައެވެ. ބިންހެލުން އައިސްފައިވަނީ ޝިގަޓްސޭ ސިޓީގެ ޓިންގްރީ ކައުންޓީއަށެވެ. ޓިބެޓްގެ ވެރިރަށް ލާސާގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އޮންނަ ޓިންގްރީ އަކީ ނޭޕާލްގެ ބޯޑަރުގައި އޮންނަ ސަރަހައްދެކެވެ. މިއީ މައުންޓް އެވަރެސްޓް އަށް ޒިޔާރަތްކުރާ މީހުންގެ ޓޫރިޒަމް ހަބެކެވެ.
މި ބިންހެލުމުގެ ސަބަބުން 120 އަށްވުރެ ގިނަ މީހުން މަރުވެފައިވާއި ވެއެވެ. ނޭޕާލަކީ ޖިއޮލޮޖިކަލް ގޮތުން ހަރަކާތްތެރި ސަރަޙައްދެއްގައި އޮންނަ ގައުމަކަށް ވާއިރު، އިންޑިއާ އާއި ޔޫރޭޝިއަން ޓެކްޓޯނިކް ޕްލޭޓްތައް ޖެހި، ހިމަލަޔާ އުފެދި، ބިންހެލުންތައް އައުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ނޭޕާލަށް 2015 ވަނަ އަހަރު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމުގައި ގާތްގަނޑަކަށް 9،000 މީހުން މަރުވެ، 22،000 އަށް ވުރެ ގިނަ މީހުން ޒަހަމްވި އިރު، ބައި މިލިއަނަށް ވުރެ ގިނަ ގެތައް ވަނީ ހަލާކުވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
