
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފިޔޯރީގައި ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގަތް މަސް ކާރުޚާނާގެ ތަފްސީލުތައް މިރޭ އެމަނިކުފާނު ހާމަކުރައްވައިފިއެވެ. ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގދ. ފިޔޯރީއަށް ވަޑައިގެން މިރޭ އެރަށުގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކަށް ވެވަޑައިގެންފައިވާ ވައުދަކީ، ފުއްދެވޭނެ ކަމުގެ ޔަގީންކަމާއެކު ވެވަޑައިގެންފައިވާ ވައުދުތަކެއް ކަމަށެވެ. އެގޮތުން ފިޔޯރީއަށް ވައުދުވެވަޑައިގެންނެވީ މަސް ކާރުޚާނާ އެރަށުގައި ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވަމުން އެމަނިކުފާނު ވަނީ އެ މަޝްރޫއުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެރަށުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މަސް ކާރުޚާނާގައި ދުވާލަކު 100 ޓަނުގެ ދަޅު މަސް ބަންދުކުރެވޭ ކެޕޭސިޓީއާއި، 3000 ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވޭނެ ވަސީލތަކާއި، 100 ޓަނުގެ ފިޝްމީލް ޕްލާންޓެއްގެ އިތުރުން 50 ޓަނުގެ އައިސް ޕްލާންޓެއް ހިމެނޭނެ ކަމަށެވެ. ރައީސް ވިދާޅުޅީ އެ މަޝްރޫއުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށްޓަކައި އެއްބަސްވުން އެކުލަވާލައި، އެކަމާ ގުޅުން ހުރި އިދާރީ މަސައްކަތް ކުރިއަށް ދާ ކަމަށާއި، ފެބްރުއަރީ މަސް ތެރޭގައި އެއްބަސްވުމުގައި އެކުންފުންޏާ އެކު ސޮއި ކުރެވި، “އޭގެ ފަހުން ދެމަސް ދުވަހުގެ ތެރޭގައި އަމަލީ ގޮތުން ފެކްޓްރީގެ މަސައްކަތް މިރަށުގައި ފެށޭނެ” ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“މީގެ ނަތީޖާއަކަށް ވާނީ މިއަތޮޅުގެ އަދި މިސަރަހައްދުގެ މަސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިއުން. މަސްވެރިކަމުގެ ސިނާއަތަކީ އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދޭ އެއް އިންޑަސްޓްރީ. ދިވެހިންގެ ލޭނާރު. ދިވެހި އެތައް އާއިލާއެއްގެ ދިރިއުޅުން ބިނާވެފައިވާ އިންޑަސްޓްރީ” ރައީސް ވިދާޅުވިއެވެ.
ގދ. ފިޔޯރީގައި މި މަސް ފެކްޓްރީ ގާއިމްކުރެވިގެން ދިއުމުން ހުވަދު އަތޮޅުގެ މަސް ރައްކާކުރެވޭ ކެޕޭސިޓީއާއި މަހުގެ ބާވައްތްތައް އުފެއްދުމުގެ ކެޕޭސިޓީ ބޮޑުތަނުން އިތުރުވެގެންދާނެ އެވެ. މިވަގުތު ހުވަދު އަތޮޅުގައި މަސް ފެކްޓްރީއެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ގއ. ކޫއްޑޫގައި އޮންނަ މިފްކޯގެ މަސް ފެކްޓްރީ އެކަންޏެވެ.
ފިޔޯރީއަށް މިއަހަރު ތެރޭ ބަޖެޓްކޮށްފައިވާ ތަރައްގީގެ އިތުރު މަޝްރޫއުތައް:
- ސްކޫލުގެ މަލްޓިޕާޕަސް ހޯލެއް ތަރައްގީކުރުން
- ސްކޫލަށް ކްލާސްރޫމް އިތުރުކުރުމާއި ލެބޯޓަރީއެއް ގާއިމްކުރުން
- އޭޓީއެމް އެއް ގާއިމްކުރުން
- ސިއްޙީ މަރުކަޒަށް އިންސާނީ ވަސީލަތް ހަމަކުރުން
- ރަނގަޅު ފެންވަރެއްގައި ޔޫތް ސެންޓަރެއް ގާއިމްކުރުން
- ކުނި މެނޭޖްކުރެވޭ ނިޒާމް ގާއިމްކުރުން
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
