
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިއީ ހަގީގަތުގައިވެސް މަސައްކަތުގެ އަހަރެވެ. ތަރައްގީގެ އަހަރެވެ. ވައުދުވެވަޑައިގެންނެވި ކަންކަން ފުއްދުމުގެ އަހަރެވެ. ހުރިހާ ދާއިރާއަކުންވެސް އަމަލީ ތަރައްގީ ފެނިގެން ދާނެ އަހަރެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގަން ދައްކަވާ ވާހަކަފުޅުތަކުގައި އެންމެ ގިނައިން އިވޭ އަޑެވެ. ހުވަދުއަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ވާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ވާހަކައެވެ. މިއީ “އަމަލީ މަސައްކަތުގެ އަހަރު” ކަމަށެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މަސައްކަތުގެ ފިލޯސަފީއަކީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުން ކަމަަށެވެ. އެހެންވެ، މިދިޔަ ދުވަސްތަކުގައި ރައްޔިތުން ހޮވާފައި ތިބި މަންދޫބުންނާއި ވީހާވެސް ގާތުން ބައްދަލު ކުރަން އިސްކަންދެއްވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރަށްރަށަށް ވަޑައިގެން، އެރަށާއި، އެރަށް ކައިރީ ތިބި ރަށްރަށުގެ ކައުންސިލަރުންނާއި ބައްދަލު ކުރެއްވި ކަމަށާއި، މިހާރު ގާތްގަނޑަކަށް ހުރިހާ ރަށެއްގެ ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ބައްދަލުކުރެވިއްޖެ ކަަމަށެވެ.
“ނަމަވެސް ކޮންމެ ރަށަކަށް ދާން ގަސްދުކޮށްފައި އޮންނާނީ، އަދި ވައުދުވެސް ވި ކަމެއްމީ، މިއަދު ފެށި މި ދަތުރަކީ މިގޮތުން ކައުންސިލްތަކާ ބައްދަލު ކުރުމަށްޓަކައި، އޭރުގައި ކުރިއަށްދިޔަ ރައުންޑް ނިމި، ނިމުމަކާއި ހަމައަށް ގޮސް، ދެން ކޮންމެ ރަށަކަށްވެސް ދިއުމަށްޓަކައި އަޅުގަނޑު ފެށި ސިލްސިލާ ދަތުރުތެރެއިން މި ދަތުރު ކުރަނީ،”. ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރަައީސް ވިދާޅުވީ، މި ދަތުރުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ގޮތަށް، ވީހާވެސް އަވަހަކަށް ތަންފީޒީ މަރުހަލާ އަށް ކަންކަން ގެންގޮސް ދިނުން ކަމަށެވެ. މިގޮތުން މި އަހަރަކީ ނަތީޖާ ނެރެދިނުމުގެ އަމަލީ މަސަައްކަތުގެ އަހަރުކަމަށާއި، މިއީ ހަގީގަތުގައިވެސް އެގޮތަށް މާނަ ކޮށްފައި އެކަން ކުރުމުގެ ނިޔަތުގައި ދައްކަވާ ވާހަކައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުުވިއެވެ. “މިދިޔަ ހައެއްކަ ދުވަސް ތެރޭގައިވެސް ރައްޔިތުންނަށް ފެނިވަޑައިގެންފައި އޮންނާނީ، އެގޮތަށް މުހިންމު ގިނަ ކަންތައްތައް ފެށިގެން ދިޔަ ތަން،”. ރަައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ވާދޫގެ ރައްޔިތުންގެ ތަރައްގީއަށްޓަކައި ބޭނުންވާ ކަންކަމުގައިވެސް މި އަހަރު ތެރޭގައި ކުލަ ޖައްސާ ދެއްވާނެކަންވެސް ފާހަގަކުރައްވާފައެވެ. “ބައިވަރު ކަންކަން، ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ކަންތައްތައް، އިއްޒަތްތެރި މެންބަރު ކަންތައްތައް، މިހެން ހުރި އެތައް ކަމެއް މިހުރީ، އެކަންކަން ސަމާލުކަން ދީގެން މި އަހަަރު ތެރޭގައި ހަމަ ވީހާވެސް އަވަހަކަށް ކަންތައްތައް ފަށައިގަތުން، އަޅުގަނޑު ތިބޭފުޅުންނަށް މި ދޭ ޔަގީން ކަމަކީ،”. ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ވާދޫ އަކީ ތައުލީމީ ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެރަށަށް ސަރުކާރުތަކުން އަހަންމިއްޔަތުކަން ދޭން ޖެހޭނެ ކަމަަށާއި، ހާއްސަކޮށް ތައުލީމީ ދާއިރާ ކުރިއަރުވަން އަހަންމިއްޔަތުކަން ދޭން ޖެހޭނެ ކަމަަށެވެ. ތައުލީމީ ދާއިރާއާ ދޭތެރޭގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކީ އެއީ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. “އެހެންވީމަ އަޅުގަނޑު ދޭ ޔަގީން ކަމަކީ ސްކޫލަށް އިތުުރު ކުރަން ޖެހޭ ކްލާސްރޫމް، މަލްޓިޕާޕާސް ހޯލް، މިކަންކަން މިހާރު ދާންވާ ސްޕީޑްގައި ނުގޮސް ހުއްޓިފައި ހުރި މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ގެންގޮސް ނިންމަ ދޭނެކަން.”. ރައީސް ވިދާޅުވިއެވެ.
ވާދޫގައި މިހާރު ދިވެހި މުދައްރިސެއް ނެތް މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެމައްސަލަ ހައްލުކޮށްދެއްވުމަށްޓަކައި މިހާރު މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. “އަޅުގަނޑު ދޭ ޔަގީން ކަމަކީ ސަރުކާރުގެ %100 ސަޕޯޓް އޮންނާނެއޭ ޓީޗަރެއް ހޯދުމުގައި، އެހެންވީމަ ހުރިހާ ބޭފުޅުން ގުޅިވަޑައިގެން ހިންގަވާށޭ މިކަމަށް ހައްލެއް ގެންނަން، ސްކޫލަށް ބޭނުންވާ އުމްރާނީ ތަަރައްގީ ޔަގީނުންވެސް ހަމަ ވަރަށް އިސްކަން ދީގެން މި އަހަރުގެ ކުރީކޮޅު ކޮށްދޭނަން، ހޯލް މަސަައްކަތާއި، ކްލާސްރޫމް މަސައްކަތާއި، ދެން ވެސް ހުރި ކަންތައްތައް،”. ރައީސް ވިދާޅުވިއެެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރަައީސް ވިދާޅުވީ، ރަށުގެ ތައުލީމް ކުރިއެރުވުމަށްޓަކައި ރަށުގެ ރައްޔިތުން އުއްމީދު ކުރައްވާ ގޮތަށް ސަރުކާރުން އެކަމުގެ ފުރިހަމަކަން ގެނެސްދޭނެ ކަމުގެ ޔަގީންކަން ދެއްްވާ ކަމަށެވެ. އޭގެ އިތުރުން، ވާދޫގެ މައި މަގުތައް ހަދައި ދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި އެވެ. “އަލަށް މި މަހު މި ތަންފީޒު ކުރަން ފަށާ ބަޖެޓްގެ ތެރެއިން، އެންމެ އިސްކަމެއްދޭ އުމްރާނީ ތަރައްްގީގެ މަސައްކަތަަކަށް ވާނީ މިރަށުގައި ހަދަން ޖެހޭ މައި މަގުތައް ހަދައިދިނުން،”، ރައީިސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރަށް ރަނގަޅުކޮށްދިނުމުގެ ހިދުމަތާއި، ފަޅުރަށްތައް މެދުވެރިކޮށް ވަރަށް އިސްކަމެއް ދީގެން އިގްތިސާދީ ބާރުވެރިކަން ކައުންސިލްތަކަށް ހޯދައި ދޭނެ ކަމަށެވެ. އަދި މިރަށު ރައްޔިތުންްނަށް ބޭނުންވާ އިގްތިސާދީ ކުރިއެރުން ހޯދުމަށްޓަކައި، އީޖާއީ ގޮތެއްގައި، ކައުންސިލާއި ކަމާ ބެހޭ ވުޒާރާއާ ގުޅިގެން މަސަައްކަތް ކުރައްވާނެ ކަމަށާއި، އޭގެ ފަހުން އެގްރީމެންޓަކާއި ހަމައަށް ގެންގޮސްދިނުމަށް ސަރުކާރުގެ ތެރެއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“އެއިރުން ރަށުގެ ރައްޔިތުންގެ ޝާމިލްކަން އޮންނަ ގޮތަށް، ކައުންސިލް މެދުވެރިކޮށް ރައްޔިތުން މުއްސަނދި ކަން ހޯދޭނެ ގޮތްތައް ފަހިވެގެން ދާނެ،”. މިގޮތުން ޖުމްލަ ކޮށް ސަރުކާރުގެ ވިސްނުމަކީ، ރަށަށް ކައުންސިލް މެދުވެރިކޮށް ރަށުގެ ކުދިމެދުފަންތީގެ ވިޔަފާރިތަކަށް ފައިދާވާނެ ފުރުސަތުތައް ފަޅުރަށްތައް މެދުވެރިކޮށް ހޯދައިދިނުން ކަަމަށްވާއިރު، މިރަށަށްވެސް އެ ފުރުސަތު ވަރަށް ފަހިކޮށް ފަހިކޮށްދޭނެ ކަަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ދެންވެސް ހުރި ހުރިހާ ދާއިރާތަކެއްގައި ވާދޫގެ ތަރައްގީއަށްޓަކައި ސަރުކާރުގެ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ރައީސް ވަނީ، މި އަހަރު ތެރޭގައި ތަރުތީބެއްގެ ތެރެއިން ކަންކަން ފަށައިދީ އަންނަ އަހަރު އެކީގައި މަސައްކަތް ނިންމާ ދެއްވާނެ ކަންވެސް ފާހަގަކުރައްވާފައެވެ. “މުޅި ޖުމްލަ އަޅުގަނޑު ކަނޑައަޅާފައި އޮތް ޕްލޭނަކީ ކުރިންވެސް އިއުލާން ކޮށްފައި އޮންނާނެ، ސަރުކާރަށް އެއް އަހަރު ވީ ދުވަހުގެ ހަފްލާގައިވެސް މި ފެށޭ އަހަރަކީ، އަދި އެ އަހަރާއި ޖެހިގެން ދެން އަންނަ އަހަރަކީ ޖުމްލަކޮށް، އަޅުގަނޑު ކެމްޕެއިން ތެރޭގައި މިގޮތަށް ޕޯޑިއަމް ތަކުގައި ހުރެގެންނާއި ލިޔެފައި ހުރި މެނިފެސްޓޯގައި ހުރި ވައުދުތައް ފުއްދާ އަހަރޭ، އަމަލީ މަސައްކަތް ފަށައިދީ ބައެއް ކަންކަން ނިމޭނެ، އެއަށްވުރެ ގިނަ ދުވަހުން ނިންމެންޏާ 2027އާ ހަމައަށްވެސް ދާނެ،”. ރައީސް ވިދާޅުވިއެެވެ.
ރައީސް ވިދާޅުވީ، 2025، 2026އަކީ ރަށްރަށުގައި ކުރަން ނިންމާފައި، އިއުލާންކޮށްފައި ވައުދުވެފައިވާ ކަންކަން ކުރާނެ އަހަަރު ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 7 ޤައުމަކަށް 162 ޓަނުގެ މުދާ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިދިޔަ މޭ މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 5 އެއާލައިނެއްގައި 7 ޤައުމަކަށް 162 ޓަނުގެ މުދާ...
މިފްކޯއަށް މިއަދު މަސް ގަންނަނީ 20ރ. އަށް
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާބެހޭ ވުޒާރާ) މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމާ ގުޅިގެން މަހުގެ ޑިމާންޑް އިތުރުވެ، މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކަށް 20...
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދު މައްޗަށް
އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %16 އިތުރުވެ، އެ ގައުމު މިހާރު ވަނީ ރާއްޖޭގެ މާކެޓުގެ 9 ވަނައަށް...
މިފްކޯގެ ސީއީއޯ ގދ.ތިނަދޫ މަސްވެރިންނާ ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތަކީ މިފްކޯގެ މަރުކަޒުތަކުގެ...
“ކަނޑުތަކުގެ ދިރާސާކޮށް ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރެހަކީ ކަނޑުތައް ކަމަށްވީނަމަވެސް، މޫސުމަށް...
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
