
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ)އަށް ވެވަޑައިގެންނެވި ވައުދު ފުއްދެއްވުމާއި ގުޅޭ އިސްހާލުތައް ހުށަހަޅަން ނިންމާފައިވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ގދ. ވާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް ހުޅުވޭ ތަނުން ފުރަތަމަ ހަފްތާ ތެރޭގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަަކަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ހުށަހަޅަން ޖެހޭ އިސްލާހުތައް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
“އެއީ ވަޒީފާއާ ބެހޭ ގާނޫނާއި، ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް، މިހާރު އެ ލިބޭ އެލަވެންސްއަށް މުސާރައިގެ ސްޓޭޓަސް ދެނީ، އެލަވެންސްއެއްގެ ގޮތުގައި އޮވެގެންނެއް ރޯދަ މަހުގެ އިނާޔާތެއް ނުދޭ މިހާތާކު، ބޭންކްއަކުން ލޯނެއް ނުނެގޭ، ވިހެއުމުގެ ޗުއްޓީއަށް ނުލިބޭ، މިކަހަލަ އެއްވެސް ކަމެއް ނުވޭ،”. ރައީސް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު މިދިޔަ އަހަރެއް ތެރޭގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ބައްދަލު ކުރެއްވިއިރު، އެ ބޭފުޅުންގެ މިކަންކަން ހަމަޖައްސާ ދެއްވަން އެދިވަޑައިގަތުމުން އެކަން ކޮށްދެއްވަން ވައުދުވެވަޑައިގެންނެވީ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި އިސްލާުތައް ގެނެސް އަންނަ ރަމަޟާން މަހުން ފެށިގެން ކޮންމެ ރަމަޟާން މަހެއްގައި ރޯދަ މަހުގެ އިނާުޔަތް ލިބޭނެ ކަމަށާއި، އެލަވެންސްއަކީ މުސާރަ ލިބޭ އެހެން މުވައްޒަފުންނަށް ލިބޭ ކަހަލަ މުސާރައިގެ ހައިސިއްޔަތު ލިބޭ އެއްޗަކުން ގާނޫނީ ގޮތުން ބަދަލު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. “އެއްވެސް ގޮތަކަށް ފުލްޓައިމްކޮށް ވަޒީފާއަށް ނުކުންނަން ޖެހޭ ވާހަކައެއް ނޫން، ހަމަ މިހާރުވެސް މަސައްކަތް ކުރައްވާ ގޮތަށް ކުރައްވާނީ، މި ދެންނެވި ބެނިފިޓްތައް ލިބޭ ގޮތް ހަދައިދޭނަމޭ،”. ރަައީސް ވިދާޅުވިއެވެ.
އަދި އަންހެން ކަނބަލުންނަކީ ރަށުގެ ތަރައްގީއަށް، ހަމަ ކޮންމެ ރަށެއްގައިވެސް އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރާ ބޭކަނބަލުންނަށްވާއިރު، އެކަން ބަލައިގަތުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
