
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަކަށް މަނީ ލޯންޑަރިންގ، ހިޔާނާތް އަދި ރިޝްވަތުގެ ތުހުމަތުތަކެއް ކުރެވިގެން ބަލަމުންދާ މައްސަލައިގައި ހިމެނޭ އެއްވެސް އޮފިސަރެއް ރިޓަޔާ ކޮށްފައި ނުވާކަން އެ އިދާރާއިން ކަށަވަރުކޮށްދީފިއެވެ. ކަސްޓަމްސްގެ ތިން މުވައްޒަފެއްގެ އެކައުންޓުތަކުން 400 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް ފާހަގަކުރެވިފައިވެއެވެ. މި މައްސަލަ ފެންމަތިވެގެން އައުމާ ގުޅިގެން ފުލުހުން ވިދާޅުވީ އެ މައްސަލަ ތަހުގިގު ކުރަމުން އަންނަ ކަމަށެވެ.
” މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، 2024 އޯގަސްޓް 19 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފަށާފައި.” ފުލުހުން ވިދާޅުވިއެވެ. ކަސްޓަމްސް އިން މިއަދު ވިދާޅުވީ، ކަސްޓަމްސްގެ ބައެއް އޮފިސަރުންނަށް ތުހުމަތު ކުރެވިގެން، މަނީ ލޯންޑްރިންގ، ޚިޔާނާތް އަދި ރިޝްވަތާގުޅޭގޮތުން ފުލުހުން ތަހްގީގެއް ކުރަމަމުން ގެންދާކަން އަންގާފައިވާ ކަމަށެވެ.
“އަދި މިގޮތުން ތަހްގީގުގައި ހިމެނޭ އޮފިސަރުންކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވާފައިވާ އެއްވެސް އޮފިސަރެއް މި ސަރވިސްއިން ރިޓަޔަރކޮށްފައި ނުވާނެ ވާހަކަ ދެންނެވީމެވެ،”. ކަސްޓަމްސް އިން ވިދާޅުވެފައި ވެއެވެ. މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންވެސް ވަކި ތަޙުޤީޤެއް ކުރިއަށްގެންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ކޮމިޓީން މި މައްސަލައާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާ ސުވާލުކޮށްފައިވާ ކަމަށްވެސް ބެލެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެފައިވަނީ ޔުނިފޯމް އެޅި މުއައްސަސާތަކާ މެދު އިތުބާރުކޮށްގެން ބަލަން ތިބެވެން ނެތް ކަމަށެވެ. އަދި 241 ކޮމިޓީން ބަލަމުންދާ މައްސަލަތައް ނިމުމުން، މަސްތުވާތަކެތީގެ މައްސަލަ ފަދަ ކަންކަމުގައި ވެސް ހައްލުތަކެއް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
