
(ފޮޓޯ ކްރެޑިޓްސް: ފޮރިން މިނިސްޓްރީ)
ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު ޝެއިޚް އަބްދުﷲ ބިން ޒައިދު އަލް ނަޙްޔާންއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަށްފަހު ޔޫއޭއީގެ ހާރިޖީ ވަޒީރުގެ އޮފިޝަލް އެކްސް އެކައުންޓްގައި ދިވެހި ބަހުން ވަނީ ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ ހާރިޖީ ވަޒީރު އަބްދުﷲ ބިން ޒައިދު، ރާއްޖޭގެ ހާރިޖީ ވަޒީރަށް މަރުޙަބާ ވިދާޅުވެ، އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވައި، ދެ ގައުމުން ގުޅިގެން މަސައްކަތްކުރާނޭ އިތުރު ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.
ޚާރިޖީ ވަޒީރު ޢަބްދުﷲ ބިން ޒައިދު، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރަށް މަރުޙަބާ ވިދާޅުވެ، އެކުވެރި ޢަރަބި ޢިމާރާތާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވައި، ދެ ޤައުމުން ގުޅިގެން މަސައްކަތްކުރާނޭ އިތުރު ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. pic.twitter.com/cGWn5NgxeX
— OFM (@OFMUAE) January 6, 2025
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޚަލީލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް ތަޙުނިޔާ އަރިސްކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ޔޫ.އޭ.އީ.އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. ހާރިޖީ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ދެ ގައުމުން އިސްކަންދޭ ދާއިރާތައް ހޯދައި އެ ކަންކަން ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދިނުމުގެ ޔަގީންކަމާއި ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެބޭފުޅުން އެރުވި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ފިސްކަލް ރިފޯމް އެޖެންޑާއާއި ތަރައްޤީގެ މުހިންމު މަސައްކަތްތަކާ ބެހޭގޮތުން ވަޒީރު ޑރ. ޚަލީލް މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ޔޫއޭއީގެ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) މެދުވެރިކޮށް ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވާ އަގުހުރި އެހީތެރިކަމަށް، ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފުޅާކުރުމުގެ މަޝްރޫޢަށް ދެއްވާ އެހީތެރިކަމަށް ވަޒީރު ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
