
މިހާރު ގްރޭޑް އަށެއް އަދި ނުވައެއް ކިޔަވަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާން އޮންނާނީ އަންނަ އަހަރުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. މިނިސްޓްރީއިން އެހެން ވިދާޅުވެފައިވަނީ އެކަން އަންގައި އިއްޔެ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައެވެ. އެ ސާކިއުލާގައި މިނިސްޓްރީއިން ވިދާޅުވެފައިވަނީ ދިރާސީ އަހަރަށް ގެނެވުނު ބަދަލާ ގުޅިގެން ސާނަވީ ނިންމާ އިމްތިހާނަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް މިހާރު ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންގެ އޯ ލެވެލް އިމްތިހާނަށް އެއްވެސް ބަދަލެއް ނުގެންނަ ކަަމަށް އެ ސާކިއުލާގައި މިނިސްޓްރީއިން ވިދާޅުވެފައިވެއެވެ. އެ ދަރިވަރުންގެ އިމްތިހާން އޮންނާނީ މެއި/ޖޫންގައި ކަމަށް ބުނެފައިވެއެވެ. މިހާރު ގްރޭޑް ނުވައެއްގައި ގައި ކިޔަވަމުންދާ ކުދިންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ/މާޗުގައި ކަމަށާއި އަދި މިހާރު ގްރޭޑް އަށެއްގައި ކިޔަވަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގައި ކަމަށް މިނިސްޓްރީއިން އެ ސާކިއުލާގައި ވިދާޅުވެފައިވެއެވެ.
ސާކިއުލާގައި ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އޯލެވެލް އިމްތިހާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު/ނޮވެމްބަރުގައި ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
