
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އަންނަ ރޯދަ މަސް އަންނަން ވާއިރަށް ފެނަކަ، އާރްޑީސީ، އެމްޓީސީސީ، ވެމްކޯގެ ދަރަނި ދެއްކޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ހުވަދުއަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުގައި މިއަދު ގދ. ހޯޑެއްދޫއަށް ވަޑައިގެން ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނިމިދިޔަ އަހަރުގެ ތެރޭގައި އިގްތިސާދީ ގޮތުން ފާހަގަކުރެވުނު އެކި އަޑިގުޑަންތަކުން އަރައިގަތުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނުކަމަށެވެ. އަދި 2024 ވަނަ އަހަރު ލިބުނު ބަޖެޓުގައި ހުރި ބައިވަރު ހުރަސްތަކާއި ހެދި ކަންކަން ނުކުރެވިދިޔަ މައްސަލައަށް މި އަހަރުގެ ތެރޭގައި ބޮޑެތި ހައްލުތަކެއް އަންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައިސް އޮފީސް)
ރައީސް ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށްދެއްވާފައިވާ ބަޖެޓުގެ ތެރެއިން ވައުދުތައް ފުއްދުމުގައި މި އަހަރުގެ ތެރޭގައި އަމަލީގޮތުން ނަތީޖާތައް ނެރެވިގެންދާނެ ކަމަށެވެ.
“ނިމިދި ސަރުކާރުން ދަމުން ގަސްތުގައި އެއްވެސް ކަމެއް ނުކުރެވޭގޮތަށް ބަޖެޓް ހަދާފައި ދިޔައީމަ ބޭނުންވާ ގޮތަށް އެއްވެސް ކަމެއް ނުވެ އެ އޮތީ. އެހެން ނަމަވެސް އެދަތިކަމުގެ ތެރެެއިން ގައުމު ދަރަނިވިޔަ ނުދީ ޑިފޯލްޓްވިޔަ ނުދީ އިގްތިސާދު ކޮޅަށްޖަހާ އެއްވެސް ވަރަކަށް ފައިސާ ޗާޕްނުކޮށް ދަރަނިތައް ދައްކަމުން އެތެރޭގެ އެކިކަހަލަ ދަރނިތައް ދައްކަމުން މިއައީ. މި ހަފްތާތެރޭގައި ވެސް ފިނޭންސް މިނިސްޓްރީއިން އެކި ފަރާތްތަކަށް ސަރުކާރުން ކޮށްފައިވާ އެކި މަސައްކަތްތަކަށް 500 މިލިއަނެއްހާ ރުފިޔާ ދިވެހި އެކި ކުންފުނިތަަކށް އެބަ ދޫކުރުން. އެއީ ސަރުކާރުން އެކި މީހުން ލައްވާ ކުރުވާފައި ހުރި ކަންކަމަށް . މިދިޔަ މަސްތެރޭގައިވެސް އެކަން ވާނީ ކޮށްފައި.”ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ދުވަސްވަރު ފެނަކަ، އާރުޑީސީ، އެމްޓީސީސީ، ވެމްކޯ ފަދަ ކުންފުނިތައް އާދައިގެ ކުދިކުދި ކުންފުނިތައް ލައްވާ ރަށްރަށުގެ މަސައްކަތް ކުރުވާފައި ނުދީ ހުރި ފައިސާގެ ބޮޑު އަދަދެއް ނުދެވި އެބަހުރި ކަމަށެވެ. އެ ކުންފުނިތަކުގެ ދަރަނި ބޮޑުވެފައިވަނީ ނިމިދިޔަ ސަރުކާރުން އެ ކުންފުނިތައް މިސް މެނޭޖްކޮށްފައި އޮތްލެއް ބޮޑުކަމުން ކަމަށް ރައީސް ވިދާޅުވިއެވެ. ދަރަނީގެ ބޮޑު އިންސައްތައެއް ޖެނުއަރީ އަދި ފެބްރުއަރީ މަހު ތެރޭގައި ރޯދަމަސް އަންނަން ވާއިރަށް ދީ ނިންމޭތޯ މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އޭގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެ ދަރަނިވިޔަ ނުދީ، ފައިސާ ޗާޕުނުކޮށް، ރައްޔިތުންނަށް ދޭން ޖެހޭ ފައިސާ ދެމުން، ބޭރު ގައުމުތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ކަމަށެވެ. އަދި ދިވެހި ފައިސާގެ އަގު ހިފަހައްޓައިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
