
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ގދ.ނަޑެއްލާގެ ބަނދަރު ތަރައްޤީ ކުރުމަށް މިހިނގާ ޖެނުއަރީ މަސްތެރޭ އިއުލާންކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގދ.ނަޑެއްލާއަށް ވަޑައިގެން ރައީސް ވިދާޅުވީ ނަޑެއްލާގެ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ބަނދަރުގެ މައްސަލައަށް ހައްލެއް ލިބުން ކަމަށާއި ރަށުގެ ތަރައްޤީއަށް ބަލާއިރު އެ ބަނދަރަކީ ބޭނުންކުރެވޭ ވަރަށް ވުރެ ހާލަތު ދަށް ބަނދަރެއް ކަމަށެވެ. އެހެންކަމުން އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް މި ހިނގާ ޖެނުއަރީމަހުގައި ފަށާނެ ކަމުގެ އުފާވެރި ހަބަރު ރައީސް ވަނީ ނަޑެއްލާގެ ރައްޔިތުންނަށް ދެއްވާފައެވެ.
“އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިމަހުގެ ތެރޭގައި (ޖެނުއަރީމަހުގެ ތެރޭގައި) ތިބޭފުޅުން ބޭނުންފުޅުވެލައްވާ ކަހަލަ އާ ބަނދަރެއް ހެދުމަށް އަޅުގަނޑު އިއުލާންކުރާނަން ކޮންޓްރެކްޓަރެއް ހޯދަން.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވި ގޮތުގައި މިއަހަރަށް ފާސްކޮށްފައި ބަޖެޓުގެތެރެއިން ނަޑެއްލާގެ ބަނދަރު ހެދުމާއި ރަށަށް އުދައެރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ލިބޭ ގޮތަށް އެއް މަޝްރޫއަކަށް އެކަން ކުރެވޭނެ ގޮތަކަށް މަސައްކަތް ކުރިޔަށް ގެންދަން އިސްކަންދެއްވާނެ އެވެ.
ހަމައެއާއެކު ވީހާވެސް އަވަހަކަށް ކޮންޓްރެކްޓަރެއް ހޯދައި އެމަސައްކަތް ހަވާލުކުރާނެ ކަމަށާއި ރައްތިޔުން ބޭނުންވާ ގޮތަށް ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ވަރަށް ގިނަ މަސައްކަތްތައް އެބަހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަހަރުތެރޭ ނަޑެއްލާގައި އައު މިސްކިތެއް އެޅުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދީ ޒުވާނުންގެ މަރުކަޒާއި ވޮލީކޯޓުގައި ފެންސު ޖަހައި މަސައްކަތް މި އަހަރުތެރޭ ނިންމައިދޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މީގެއިތުރުން ނަޑެއްލާގައި އޭޓީއެމް ޤާއިމުކުރުމަށް މިއަދު އެރަށު ކައުންސިލާއި ހަވާލުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
“މި ފެށިގެން މިދާ އަހަރުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމުވާނެ. އެހެންވީމާ މިއަދު މިރަށުގެ އޭޓީއެމްގެ މަސައްކަތް ފެށުމަށް ކައުންސިލާއި ހަވާލުކުރެވިގެންދާނެ އަދި ކޮންމެ ރަށެއްގައިވެސް އޭޓީއެމް ނެތް ރަށެއްގައި މިއަހަރުތެރޭގައި ތަރުތީބެއްގެ ތެރެއިން ހަމަ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކުރުމަށް ހަވާލުކުރެވި މަސައްކަތް ހިނގާނެ.” ރައީސް ވިދާޅުވިއެވެ.

ނަޑެއްލާގައި މިވަގުތު އޮތް ބަނދަރަކީ 2008 ވަނަ އަހަރު ހަދާފައި އޮތް ކުޑަ ބަނދަރެކެވެ. މި ބަނދަރުގައި ރަށުގެ ކުދި އުޅަނދުތައް އަޅާލުމުން ޖާގަ އިތުރަށް ކުޑަވެ ރަށަށް އަންނަ އިތުރު އުޅަނދުތަކަށް ބަނދަރުކުރަން ދަތިވެއެވެ. އަދި އާރުޓީއެލްގެ ލޯންޗު ފެރީ ރޭގަނޑަށް ބަނދަރުކުރާ ރަށަކަށް ނަޑެއްލާވާއިރު، ބަނދަރު ކުޑަ ކަމުން ލޯންޗު ބޭއްވުމުން އިތުރު އުޅަނދެއް ބަނދަރަށް ވަންނަން އުދަގޫވެއެވެ. ބަލި މީހުން ބަލައި ސީއެމްބިއުލާންސް އަންނައިރު ބަނދަރުގައި ތެޔޮ ބޯޓެއް ނުވަތަ އެހެންވެސް އިތުރު އުޅަނދެއް ބަނދަރުކޮށްފައިވާނަމަ ސީ އެމްބިއުލާންސަށް ޖެޓީއާ ކައިރިނުކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
