
މި އަހަރުގެ ފުރަތަމަ ފަސް ދުވަހު އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކަށް ރަޝިއާ ވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ފުރަތަމަ ފަސް ދުވަސް ތެރޭ ރަޝިއާއިން ވަނީ 6،400 ޓޫރިސްޓުން އައިސްފަ އެވެ. އެއީ ފުރަތަމަ ފަސް ދުވަހު އައި ޖުމްލަ ޓޫރިސްޓުންގެ 20 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޓަލީނެވެ. އެ ގައުމުން ވަނީ 5،200 ޓޫރިސްޓުން އައިސްފަ އެވެ.
ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިނގިރޭސިވިލާތުން 2،100 ޓޫރިސްޓުން އައި އިރު ހަތަރު ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޖަރުމަނުންނެވެ. އެގައުމުން 2،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ލިސްޓުގެ ފަސް ވަނައިގައި އޮތީ އިންޑިއާ އެވެ. އެގައުމުން ވަނީ 1،100 ޓޫރިސްޓުން އައިސްފަ އެވެ. އަދި އެމެރިކާއިން ވަނީ 1،000 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާ އުޅެނީ ލިސްޓުގެ ނުވަ ވަނައިގަ އެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް އައީ 800 ޓޫރިސްޓުންނެވެ. މިދިޔަ އަހަރު ނިމުނު އިރު ޗައިނާ އިން ވަނީ 260،000 ޓޫރިސްޓުން އައިސްފަ އެވެ.
މި އަހަރުގެ އެއްވަނައިގައި އޮތް ރަޝިއާ އިން 224،000 ޓޫރިސްޓުން މިދިޔަ އަހަރު އައެވެ. އެއީ މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެވެ. އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް ވަނީ 32،300 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 17 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރު ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް އައީ 27،000 ޓޫރިސްޓުންނެވެ.
ބަޖެޓު ފޮތުގައި ލަފާކޮށްފައިވާ ގޮތުން 2.2 މިލިއަން ޓޫރިސްޓުން މި އަހަރު އަންނާނެ އެވެ. މިދިޔަ އަހަރުގެ ދެ މިލިއަން ވަނަ ޓޫރިސްޓު އައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ، އަމާޒަކީ މި އަހަރު ޓޫރިސްޓުންގެ އަދަދު 15 ޕަސެންޓު އިތުރުކުރުން ކަމަށެވެ. އެ އަމާޒަށް ދެވިއްޖެ ނަމަ، އަންނަ އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނެވޭނެ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
