
ސްޕެއިންގެ އެންމެ ބޮޑު އެއް ކުލަބު ކަމަށްވާ ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާގެ އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ގޮވާލަން ފަށައިފިއެވެ.
ލަޕޯޓާގެ އިސްތިއުފާގެ އަޑު ގަދަވެފައި މިވަނީ މިދިޔަ ޖޫން މަހު 60 މިލިއަނަށް އެ ކުލަބުން ގަތް ޑެނީ އޮލްމޯ އާއި ޒުވާން ފޯވަޑް ޕައު ވިކްޓަރ ރަޖިސްޓަރ ކުރަން ދިން މުއްދަތުގައި އެކަން ނުކުރެވުމުންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ 31 ގައި އެކަން ނުކުރެވުމުން ބާސެލޯނާއިން މިހާރު ވަނީ މި މައްސަލާގައި ކޯޓަށްދާން ނިންމާފައެވެ.

ލަޕޯޓާގެ އިސްތިއުފާގެ އަޑު ގަދަވެފައިވާއިރު، މި ކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެންމެ ފަހުގެ އިންތިހާބުގައި ލަޕޯޓާ އާއި ވާދަކޮށް އިންތިހާބުން ބަލިވި ވިކްޓާ ފޮންޓްއެވެ. އޭނާ ވަނީ ކުޅުންތެރިން ރަޖިސްޓަރ ނުކުރެވުނު މައްސަލައިގައި ނޫސް ބަޔާނެއް ވެސް ނެރެފައެވެ. އޭނާގެ އިތުރުން ބާސެލޯނާއަށް ނިސްބަތްވާ ކުލަބު ތަކާއި އެސޯސިއޭޝަން ތަކުންވެސް ވަނީ ލަޕޯޓާ އާއި އޭނާއާއެކު ހިންގާ ކޮމިޓީގައި ތިބި އެންމެ އިސްތިއުފާ ދޭން ޖެހޭ ކަމަށް ގޮވާލާފައެވެ.
މާލީ ގޮތުން ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ބާސެލޯނާގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ލަޕޯޓާ އިންތިހާބު ވެފައިވަނީ 2021 ވަނަ އަހަރުއެވެ. އޭގެ ކުރިން 2003 އިން ފެށިގެން 2010 ގެ ނިޔަލަށްވެސް ލަޕޯޓާ ވަނީ ބާސެލޯނާގެ ރައީސްގެ މަގާމު އަދާކޮށްފައެވެ. ލަޕޯޓާ ބާސެލޯނާގެ ރައީސްގެ މަގާމު ފުރި ފުރަތަމަ ދައުރަކީ އޭނާ އާއި ބާސެލޯނާއަށްވެސް ކާމިޔާބު އަހަރު ތަކެކެވެ.
ލަޕޯޓާ އާއި ދެކޮޅަށް އަޑު އުފުލާ ގުރޫޕް ތަކުން ގޮވާލަމުން ދަނީ ލަޕޯޓާ އިސްތިއުފާ ނުދޭނަމަ އޭނާގެ އިތުބާރު އޮތްތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައިދިނުމަށެވެ. އެކަން ނުކޮށްފިނަމަ ކުލަބުގެ އާންމު މެމްބަރުންގެ ސޮޔާއެކު އިތުބާރު ނެތް ކަމުގެ ވޯޑު ނަގަން ރަސްމީކޮށް ހުށައަޅާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
