
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ. 2015 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި ޓްރޫޑޯ އޮޓާވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، “އަޅުގަނޑު ގަސްދުކުރަނީ ޕާޓީގެ ލީޑަރުކަމުން، ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން،” ކަމަށެވެ. ލިބަރަލްގެ އިސް ބައިވެރިން އޭނާ އިސްތިއުފާ ދެއްވުމަށް ބާރު އެޅުއްވުމާ ގުޅިގެން އޮޓާވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ވެރިކަން ކުރާ ލިބަރަލް ޕާޓީން އާ ލީޑަރަކު ހޮވުމާއެކު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
ޓްރޫޑޯ ވިދާޅުވީ، އެ ޕާޓީގެ ލީޑަރުގެ އިތުރުން ކެނެޑާގެ ބޮޑުވަޒީރުކަމުން ވެސް އިސްތިއުފާ ދެއްވަން ގަސްދުކުރައްވާ ކަން ޕާޓީއަށާއި ގަވަރުނަރަށް އަންގާފައިވާނެ ކަމަށާއި، ގައުމީ ފެންވަރުގައި ވަރުގަދަ ވާދަވެރި މަރުހަލާއެއްގެ ތެރެއިން މަގާމަށް އައު ބޭފުޅަކު ހަމަޖެއްސެވުމާއެކު އިސްތިއުފާ ދެއްވާނެ ކަމަށެވެ. ބޮޑުވަޒީރުގެ މަގާމުގައި ޓްރޫޑޯ ހުންނާނީ ކިހާ ދުވަހަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
އޭނާ ވިދާޅުވީ ލިބަރަލް ލީޑާޝިޕް ރޭހަކީ “ހަރުދަނާ، މުޅި ގައުމުގައި ވާދަވެރި ޕްރޮސެސްއަކަށް ވާނެ” ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
