
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިއީ ތަރައްގީގެ އަހަރެއް ކަމަށާއި ހުރިހާ ދާއިރާއަކުންވެސް އަމަލީ ތަރައްގީ ފެނިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ފުރަތަމަ ބޯޓުގެ އޮޕަރޭޝަން ފެށުމަށް މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިއަށްގެންދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތީ ތަރައްގީގެ މަސައްކަތުގެ ދުވަސްތައް ކަމަށާއި، މި އަހަރަކީ ތަރައްގީގެ އަހަރެއް ކަމަށެވެ.
“އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުން ދެކެވަޑައިގަންނަވާނީ ތަރައްގީ އަމަލީ ގޮތުން ފެނިގެންދާތަން، ކޮންމެ ދާއިރާއަކުން، އެއީ އިގްސާދީ ދާއިރާތަކުން ކަމުގައިވިޔަސް، އުމްރާނީ ތަރައްގީއާ ގުޅިފައިވާ އެކިއެކި ދާއިރާތަކުން ކަމުގައިވިޔަސް،”. ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި ގައުމުގައި ތަރައްގީގެ ކަންކަން ވަރަށް ބާރުމިނުގައި ކުރިއަރައިގެންދާނެ އަހަރަކަށް މި އަހަރު ވެގެން ދާނީ، ހުރިހާ އެންމެންގެ މަސައްކަތުން ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ ބޭނުންވަނީ ގައުމަށް ތަރައްގީއަންނަން ކަމަށާއި ތަރައްގީއާއެކު ރާއްޖޭގައި ހަމަޖެހުން ގާއިމްވާން ކަމަށެވެ. އަދި ހަމަޖެހުން ގާއިމްވެގެން ދިއުމާއެކު، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ޔަގީންކަމާއި އެކީގައި ދެމެެހެއްޓިގެން ދިއުން ކަަމަށް ރައީސް ވިދާޅުވިއެވެ. “މި ތިންކަންތައް އެކު އެކީގައި ހާސިލްވެގެންދާ، ވަށާ ޖެހޭ ތަރައްގީއެއް ގެނެސްދިނުމަށް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ،”. ރައީސް ވިދާޅުވިއެވެ.
އަދި އެންމެން އެކުގައި ކުރިއަށްގެންދާ މަސައްކަތް ކާމިޔާބު ވެގެން ދާނެ ކަމަށްވެސް ރަައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
