
ދުރު މަންޒިލްތަކަށް ދަތުރު ފަށަން، ރާއްޖޭގެ ގައުމީ އެއާލައިން. މޯލްޑިވިއަން އިން ގެންނަ އޭ330-200 ގެ އެއާބަސްގެ ދެވަނަ ބޯޓު މި އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި އުދުހެން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ފުރަތަމަ ބޯޓުގެ އޮޕަރޭޝަން ފެށުމަށް މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިއަށްގެންދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދަކީ ރާއްޖޭގެ އުުދުހުމުގެ ތާރީހުގައި ވަރަށްވެސް ކުލަގަދަ ދުވަހެއް ކަމަށާއި، ތާރީހީ ވަގުތެއް ކަަމަށެވެ.
“މިއީ ރިޔާސީ އިންތިހާބުގެ ތެރޭގައި ރާއްޖޭގެ ކުރިމަގުގެ ތަސައްވަރު ރޭވުމުގެ މަސައްކަތުގެ ތެރޭގައި މެނިފެސްޓޯ ލިޔުމުގެ ތެރޭގައި މަޝްވަރާ ކޮށް ކަނޑެޅި ކަނޑައެޅުމެއް، ފަތުރުވެރިކަމުގެ ދާއިރާ އެތައް ގުނައަކުން ފުޅާ ކުރުމަށްޓަކައި، އަޅުގަނޑުމެންގެ އެއާލައިން، ގައުމީ އެއާލައިންގެ ކެޕޭސިޓީ ބޮޑު ކުރުަން ޖެހޭނެކަން، އެގޮތުން އަޅުގަނޑުމެން ކަނޑައެޅީ ދުރުރާސްތާއަށް ދަތުރު ކުރެވޭ ވައިޑް ބޮޑީ އެއާކްރާފްޓްތައް ތައާރަފް ކުރަން،”، ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިގޮތުން އެމަނިކުފާނު ވައުދުވެޑައިގެންނެވީ ވައިޑް ބޮޑީގެ ދެ އެއާކްރާފްޓް ރާއްޖެ ގެނެސް އޮޕަރޭޝަން ފުޅާކުރަން ކަމަށާއި، މި މަސައްކަތުން ފުރަތަމަ ބޯޓު މިއަދު ރާއްޖެ އަންނައިރު އެކަމުގެ އުފާ ހާސިލް ވެގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ އިންޑަސްޓްރިއަށް ހާއްސަކޮށް ވަރަށް ބޮޑު ކުރިއެރުމެއް ކުރިއަށް އޮތް މަސްތަކުގައި ލިބިގެންދާނެ ކަމެއް ކަމަށެވެ.
“މިއީ ފެށުމެއް، އިރާދަކުރެއްްވިއްޔާ މިއަދު ފުރަތަމަ ބޯޓު އައި ކަމުގައިވިޔަސް، މީގެ ދެ ވަނަ ބޯޓު މި އަހަރުގެ އޮކްޓޯބަރު ތެރޭގައި އުދުހެން ފާށާނެ ކަމުގެ ޔަގީންކަން އަރުވަން.”. ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ގުޅިވަޑައިގެން އެ ކުރިއަށް ގެންދަވާ މަސައްކަތްތައް ނިމި ހުރިހާ މަރުހަލާތައް ނިމި، އޮކްޓޯބަރު މަހާއި ހަމައަށް ދާއިރު އުދުހުމަށް ތައްޔާރުވެގެން ދާނެ ކަމަށެވެ. ރައީސް ވިދާޅުވީ، މިއަދު ފެށޭ އުދުހުންތަކުން ޗައިނާގެ ހިސާބުތަކަށް ދަތުރުކުރެވޭއިރު، ކުރިއަށް އޮތްތަނުގައި އެއަށްވުރެ ގިނަ މަންޒިލްތަކުން ޓޫރިސްޓުން ގެނެވޭނެ ކަމަށެވެ.
“އަޅުގަނޑުމެންނަށް މިކަމުން ލިބޭނެ ކުރިއެރުމަކީ އަޅުގަނޑުމެންގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި، ފުޅާ ކުރުމަށްޓަކައި ފަށާފައިވާ މަސައްކަަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް، އަޅުގަނޑުމެންގެ އަތް މަތީގައި، އަޅުގަނޑުމެން ދިވެހިންގެ އަތްމަތީ އަަޅުގަނޑުމެންގެ އުދުހުންތައް، އަޅުގަނޑުމެންގެ ގައުމަށް ފަތުރުވެރިން ގެނައުމަށްޓަކައި ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމަކަށް މިއަދު ވެގެން ދަނީ،”. އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިގޮތުގައި އުދުހުމުގެ ސިނާއަތު ކުރިއެރުވިގެން ދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އައިލެންޑް އޭވިއޭޝަނަށްވެސް އިތުރު ކުރިއެރުން ގެނެސް، އެމްއޭސީއެލްއަށްވެސް އިތުރު ކުރިއެރުން ގެނެސް ވަރަށް ގިނަ ހަރުފަތްތަކެއް ކުޑަދުވަސްކޮޅެއްގެ ތެރޭގައި، މި އަހަރު ތެރޭގައި ގިރާކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
