
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ނިމިދިޔަ ސަރުކާރު ނިމުމަކަށް އައި އިރު، ގައުމީ އެއާލައިން ހިންގަމުން އައި އައިލެންޑް އޭވިއޭޝަން ކުންފުނި އޮތީ ދެ ބިލިއަން ރުފިޔާއިން ދަރާފައި ކަމަށް މިނިސްޓަރ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މޯލްޑިވިއަން އިން އަލަށް ގެންނަ ވައިޑްބޮޑީ މަތިންދާ ބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އައިލެންޑް އޭވިއޭޝަނަކީ 2000 ވަނަ އަހަރު ހަތަރު މިލިއަން ރުފިޔާގެ ޕެއިޑަޕް ކެޕިޓަލަކުން އުފެއްދި ދައުލަތުގެ 100 ޕަސެންޓު ހިއްސާ ހިމެނޭ ކުންފުންޏެއް ކަމަށެވެ. 2018 އަހަރު ނިމުނު އިރު ކުންފުނީގެ އެސެޓް ވެލިއު އަކީ 2.8 ބިލިއަން ރުފިޔާ ކަމަށާއި، އެ އަހަރު 2 ބިލިއަނެއްހާ ރުފިޔާގެ އާމްދަނީ ކުންފުންޏަށް ލިބިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ “ކުންފުނީގެ ނެޓްޕްރޮފިޓަކީ 2018 ވަނަ އަހަރު 89 މިލިއަން ރުފިޔާ” ކަމަށެވެ. އަދި 2018 ވަނަ އަހަރު ނިމުމާ ހަމައަށް ދައުލަތަށް ޑިވިޑެންޑު ދައްކަމުން އެ ކުންފުނި ކުރިއަރާފައިވަނީ ރަނގަޅު މިސްރާބެއްގައި ކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
“ނަމަވެސް ހަގީގަތަކީ 2023 ނިމުނު އިރު އެންމެ ފަސް އަހަރު ދުވަސްތެރޭގައި ކުންފުނި އޮތީ 2 ބިލިއަނަށްތުރެ ބޮޑު ދަރަނީގަ. މިއީ ހަގީގަތް. …2012 ވަނަ އަހަރުން ފެށިގެން މޯލްޑިވިއަނުން އޮޕަރޭޓް ކުރަމުން ގެންދިޔަ މާލެ-ޗެންނާއި-ޑާކާ، ޑާކާ-ޗެންނާއި-މާލެ ސެކްޓަރ އޮތީ ހުއްޓިފަ. ސީ ޕްލޭންގެ ވަރަށް ގިނަ ކޮންޓްރެކްޓް ތައް އޮތީ ކުންފުނިން ގެއްލިފަ. 2013 ގައި ފެއްޓިފަ އޮތް ޗައިނާ އޮޕަރޭޝަންސް. އެއީ ބެންކޮކް މެދުވެރިކޮށް ހިންގަމުން އައި އެ އޮަޕަރޭޝާންސްވެސް އޮތީ ހުއްޓިފަ” މިނިސްޓަރ ވިދާޅުވިއެވެ.
ކެޕްޓަމް އަމީން ވިދާޅުވި، 2022 ވަނަ އަހަރު ކުންފުނީގައި އޮތް ހަމައެކަނި އޭ321 އަށް އެތައް ޚަރަދެއް ކޮށްގެން އަލުން ކޮންޑިޝަނަށް ގެނެވުނު ނަމަވެސް އެ ބޯޓުވެސް އޮތީ “ދޫކޮށްލާފައި” ކަމަށެވެ. އަދި ކުންފުނީގައި ބޭނުން ކުރަމުންދިޔަ ޑޭޝް8 މަރުކާރުގެ ބޯޓުތަކުގެ ތެރެއިން 4 ބޯޓަކުން ސްޕެއަރ ނަގަމުން ނަގަމުން ގޮސް އެ ބޯޓުތައް އޮތީ ބޭނުން ނުކުރެވޭ ވަރަށް “ދޫކޮށްލެވިފައ” ކަމަށްވެސް ވިދާޅުވިއެވެ.
“ބެލުމެއް ނެތި ގާތް ގުޅުމެއް ހުރި ފަރާތްތަކަށް ކްރެޑިޓް ދިނުމާއި މިލިއަން މިލިއަނުން އުސޫލެއް ނެތި ކުންފުނިން ދޫކޮށްފައިހުރި ކްރެޑިޓްތައް ކުންފުންޏަށް ހޯދޭތޯ މިހާރު މަސައްކަތް ކުރަމުން މިދަނީ. ރަނގަޅު މިސްރާބުގައި ކުރިއަރަމުން އައި އައިލެންޑް އޭވިއޭޝަން މެނޭޖް ނުކުރެވޭ ވަރުގެ ބައެއްގެ އަތްދަށަށް ދިއުމުގެ ނަތީޖާއަކީ ކުންފުނީގެ އެސެޓްތައް ނުބެލެހެއްޓުމާއި ކުންފުނީގެ މުހިއްމު ގިނަ ވިޔަފާރިތަކެއް ގެއްލުމާއި އަތި އެތައް ބިލިއަން ރުފިޔާއަކުން ކުންފުނި ދަރާފަ އޮތް އޮތުން” މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއަދުގެ ސަރުކާރުން، މޯލްޑިވިއަން ގެ އޮޕަރޭޝަންސް އާއި ހިންގުމުގެ ނިޒާމަށް ގެނެސްފައިވާ ބަދަލުތަކާއެކު ކުންފުނީގެ ނަތީޖާ ރަނގަޅުކޮށްގެން “ރިކަވަރ” ކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ވައިޑްބޮޑީ އެއާކްރާފްޓުގެ އޮޕަރޭޝަންވެސް އިތުރު ޑެސްޓިނޭޝަންތަކަށް ފުޅާކުރުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
