ތާރީހީ ދުވަހެއް، މިއަދު ގެންނަ މޯލްޑިވިއަންގެ ބޮޑު ބޯޓުގައި ދިވެހި ޕައިލެޓުންގެ ޓީމެއް!

(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
ސިންގަޕޫރުން ރާއްޖެއަށް ދަތުރުކުރާ މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު ކަމަށްވާ އެއާބަސް އޭ330 މިއަދު ރާއްޖެ އަންނާނެއެވެ. މި މަތިންދާބޯޓު ރާއްޖެއަށް އަންނަނީ ސިންގަޕޫރުން ފުރައިގެންނެވެ. މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ، މޯލްޑިވިއަންގެ ކްރޫއިން ރޭގެ ވަގުތެއްގައި ސިންގަޕޫރަށް ގޮސްފައިވާ ކަމަށެވެ. މި ބޯޓް މިއަދު ހަވީރު 17:25 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނެއެވެ. އެއާއެކު މިއަދު ހަވީރު 17:00 އިން 17:30 އަށް މާލޭގެ އުސްފަސްގަނޑާއި ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިރުމަތީ ފަރާތު އަތިރިމަތީގައި އެއާޝޯއެއް ބާއްވަން ވަނީ ނިންމާފައެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓުގައި ތިން ކްލާހެއް ހިމެނެެއެވެ. އެއީ ބިޒްނަސް އަށް 18 ގޮނޑި އާއި ފްރިމިއަކް އިކޮނަމީއަށް 36 ގޮނޑިއާއި އިކޮނޮމީ ކުލާހުގައި 210 ގޮނޑިއެވެ. މި ބޯޓުގައި އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ. މި ވައިޑް ބޮޑީ މަތިންދާބޯޓުގައި ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭނެކަމަށް އަދި ފުރަތަމަ ޗައިނާގެ ތިން މަންޒިލަކަށް ދަތުރު ފެށުމަށްހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަންއިން ވަނީ ހާމަކޮށްފައެވެ. މޯލްޑިވިއަންއިން ބުނީ، ވައިޑް ބޮޑީ އެއާކްރާފްޓުގެ އިތުރު އެއާކްރާފްޓެއް ވެސް ގެންނަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ސީދާ ވަކި ތާރީހެއް ބުނަން މިވަގުތު ދަތި ކަމަށް ބުނެފައިވެއެވެ.
ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވީ، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް، ދުނިޔޭގެ ގިނަ މަންޒިލްތަކަށް އުދުހުމަށްޓަކައި އެކަމަށް އެކަށޭނަ ބިޔަ މަތިންދާބޯޓު ފަހަރު ގެންނާނެ ކަމަށެވެ. މީގެ ކުރިންވެސް އެމަނިކުފާނު ވަނީ މިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
