
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރަން ނިންމާފައިވާ ރަސްމާލެ އަލުން ހިއްކަން ފަށާފައިވާއިރު އެ މަސައްކަތް ތިންގުނަ ކޮށް، އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގާނެ އަހަރަކަށް މި އަހަރު ވެގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ކ. ގުޅިއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަަރަހައްދަކުން އެންމެ ބޮޑު ހައްލެއް އަންނާނެ މަޝްރޫއު ކަމަށެވެ. އަދި މިއީ އެއް ފަސްގަނޑަކުން އެންމެ ގިނަ މީހުން އާބާދުވާނެ އެންމެ ބޮޑު މަޝްރޫއަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. “މިހާރު އަމަލީ ގޮތުން ބިން ހިއްކުން އެ ހިނގަނީ، އިރާދަކުރެވިއްޔާ އިތުރު ބައެއް ކޮމްޕެނީތަކުން އެތަނަށް އިތުރު ޑްރެޖަރު މޮބިލައިޒް ކުރުވައިގެން، އެއްފަަރާ އެތައް މަޝްރޫއު ތަކެއް، އެތައް ފަރާތްތަކުގެ މަސައްކަތް އެތަނުގައި ފަށަން މި މަސަައްކަތް ކުރަނީ،”. ރައީސް ވިދާޅުވިއެވެ.
އެހެންވީމަ، އެ މަޝްރޫއުގެ ސްޕީޑް ދެގުނަ ތިން ގުނައަށް އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ އަހަރު ތެރޭގައި ބޭނުންވި ސްޕީޑްގައި އެކަމެއް ކުރިއަށް ނުދާކަން ފާހަގަކުރައްްވާ ރައީސް ވިދާޅުވީ، މި ސަރުކާރަށް ވާރުތަވި އިގްތިސޯދުގެ ތެރެއިން ހައްލު ކުރަން ޖެހިފައި ހުރި ބައިވަރު ކަންތައްތައް ހައްލު ކުރުމުގެ ތެރެއިން ކުރިމަތިވި ދަތިތައް ކުރިމަތިވި ކަމަށެވެ.
“އެހެން ނަމަވެސް، އޭގެ ތެރެއިން ކުރިއަރައިގެން އައިސް މިހާރު މަސައްކަތް ފެށިގެންދާ ހިސާބަށް އަައިސްފައި އޮތީ، އެހެންވީމަ އެ މަޝްރޫއަކީ މި ސަރަހައްދުގައި، މި އަތޮޅަށް އަދި ޖުމްލަކޮށް މުޅި ރާއްޖެއަށް ގެދޮރުގެ މައްސަލައިގައި އަދި އިގްތިސާދީ ގޮތުން އެކި ކަންކަމުގައި ފަހި ފުރުސަތުތައް ލިބޭނެ ތަނަކަށް ވާނެ،”. ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ، އެ މަޝްރޫއަކީ ވަރަށް ޔަގީންކަމާއެކު، ދެކޭ ކަމެއް ކަމަށާއި، އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، މި ސަރަަހައްދަށް ވަރަށް ބޮޑު ފައިދާއެއްވާނެ ކަަމަކަށް ވާނެ ކަަމަށެވެ. “އިރާދަކުރެއްވިއްޔާ މި ފެށިގެންދާ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެއް، 2025އަކީ ބޯހިޔާވަަހިކަމުގެ އަހަރަކަށް އަޅުގަނޑުމެން ހަދާނަން، މި އަހަރުގެ މި މަހުގެ ތެރޭގައި ބަޖެޓްގެ ތެރޭގައި ކަނޑައަޅާފައި ހުރި، އަޅުގަނޑު ވައުދުވެފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ކެމްޕެއިން ތެރޭގައި، މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަދޭނެ ފަރާތްތައް ހޯދާ، އަމަލީ ގޮތުން މަސަައްކަތް ކުރާނެ ފަރާތްތައް ހޯދަން އެބަ އިއުލާން ކުރަން، މި ޖެނުއަރީ މަސް ތެރޭގައި،”. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި މަސް ތެރޭގައި މި މަސައްކަތް ކުރަން ކޮންޓްރެކްޓަރުން ހޯދަން އިއުލާން ކުރެވިގެން ދާނެ ކަމަށެވެ. “އެކި ފަރާތްތަކާއި މަސައްކަތް ހަވާލު ކުރެވިގެންދާ ތަރުތީބުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި އަހަރު ވެގެން ދާނީ ގެދޮރުގެ މައްސަލަ ހައްލު ކުރުމުގައި އަމަލީ ގޮތުން، އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަސައްކަތް ހިނގާނެ އަހަރަށް، ހަމަ އެއާ އެކީގައި ބިން ހިއްކާ ޖާގަ އިތުރު ކުރެވިފައިވާ ރަށްރަށުގައި ކުރިއަށް އޮތް އަހަރު ތަކުގައި ކުރެވޭނެ”، ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު އެދެނީ ރައްޔިތުންގެ ކިބައިން އުއްމީދީ ގޮތެއްގައި އަދި ޔަގީންކަމާއި އެކުގައި މުސްތަގުބަލާއި މެދުގައި ވިސްނަވާ ވަޑައިގަންނަވަން ކަަމަށެވެ. އަދި މި އަހަރަކީ ތަރައްގީގެ އަމަލީ އަހަރެއް ކަމަށާއި، ތަރައްގީގެ މަސައްކަތްތައް އަމަލީ ގޮތުން ކުރިއަށްގެންދާނެ ކަަމަށް ވިދާޅުވިއެވެ.
“ހާއްސަ ގޮތެއްްގައި ގެދޮރުވެރިކަމުގެ ދާއިރާ، އަޅުގަނޑުމެން އިއުލާން ކުރި ލޯން ސްކީމް ތެރެއިން އެތައް ބަޔަކަަށް ގެދޮރުގެ ލުއި ލޯންތައް ލިބިގެންދާނެ، އަމަލީ ގޮތުން މި ދެންނެވި ފަދައިން މަޝްރޫއުތައް ހިންގަން ފަށާނެ، ހަމަ އެއާއެކުގައި ދެން ހުރި ދާއިރާތަކުން، ތައުލީމީ ދާއިރާ، ސިއްހީ، ކުޅިވަރާއި އެކި ކަހަލަ ސޯޝަލް ދާއިރާތަކުން އަދި އުމްރާނީ ތަރައްގީގެ އެކިއެކި މަޝްރޫއުތައް އަދި އިގްތިސޯދީ ދާއިރާވިޔަސް، އަމަލީ ގޮތުން ތަރައްގީ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ގެނެސްދޭން ވަރަށް ގިނަ މަސައްކަތްތައް ފަށާނެ އަހަރަކަށް މި އަހަރުވާނެ،”. ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
