
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި ސަރުކާރުން އިއުލާން ކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން މި މަސް ތެރޭގައި ކޮންޓްރެކްޓަރުން ހޯދަން އިއުލާން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ކ. ގުޅިއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކެމްޕެއިން ތެރޭގައި، މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަދޭނެ ފަރާތްތައް ހޯދާ، އަމަލީ ގޮތުން މަސަައްކަތް ކުރާނެ ފަރާތްތައް ހޯދަން މި މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ މި ފެށިގެންދާ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެއް، 2025އަކީ ބޯހިޔާވަަހިކަމުގެ އަހަރަކަށް އަޅުގަނޑުމެން ހަދާނަން، މި އަހަރުގެ މި މަހުގެ ތެރޭގައި ބަޖެޓްގެ ތެރޭގައި ކަނޑައަޅާފައި ހުރި، އަޅުގަނޑު ވައުދުވެފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ކެމްޕެއިން ތެރޭގައި، މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަދޭނެ ފަރާތްތައް ހޯދާ، އަމަލީ ގޮތުން މަސަައްކަތް ކުރާނެ ކޮންޓްރެކްޓަރިން ހޯދަން އެބަ އިއުލާން ކުރަން، މި ޖެނުއަރީ މަސް ތެރޭގައި،”. ރައީސް ވިދާޅުވިއެވެ.
މިގޮތުން މާލެ ފިޔަވާ އެމަނިކުފާނު ވައުދުވަޑައިގެންފައިވާ ހުރިހާ ދިމާލެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެ މަސަައްކަތް ކުރިއަށްދާނެ ކަން ރައިސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ، އެމަނިކުފާނު އެދެނީ ރައްޔިތުންގެ ކިބައިން އުއްމީދީ ގޮތެއްގައި އަދި ޔަގީންކަމާއި އެކުގައި މުސްތަގުބަލާއި މެދުގައި ވިސްނަވާ ވަޑައިގަންނަވަން ކަަމަށެވެ. އަދި މި އަހަރަކީ ތަރައްގީގެ އަމަލީ އަހަރެއް ކަމަށާއި، ތަރައްގީގެ މަސައްކަތްތައް އަމަލީ ގޮތުން ކުރިއަށްގެންދާނެ ކަަމަށް ވިދާޅުވިއެވެ.
“ހާއްސަ ގޮތެއްްގައި ގެދޮރުވެރިކަމުގެ ދާއިރާ، އަޅުގަނޑުމެން އިއުލާން ކުރި ލޯން ސްކީމް ތެރެއިން އެތައް ބަޔަކަަށް ގެދޮރުގެ ލުއި ލޯންތައް ލިބިގެންދާނެ، އަމަލީ ގޮތުން މި ދެންނެވި ފަދައިން މަޝްރޫއުތައް ހިންގަން ފަށާނެ، ހަމަ އެއާއެކުގައި ދެން ހުރި ދާއިރާތަކުން، ތައުލީމީ ދާއިރާ، ސިއްހީ، ކުޅިވަރާއި އެކި ކަހަލަ ސޯޝަލް ދާއިރާތަކުން އަދި އުމްރާނީ ތަރައްގީގެ އެކިއެކި މަޝްރޫއުތައް އަދި އިގްތިސޯދީ ދާއިރާވިޔަސް، އަމަލީ ގޮތުން ތަރައްގީ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ގެނެސްދޭން ވަރަށް ގިނަ މަސައްކަތްތައް ފަށާނެ އަހަރަކަށް މި އަހަރުވާނެ،”. ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
