
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް މުއިއްޒު އަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ އިހުސާސްތައް ދަނެގެން މަސައްކަތް ކުރާ ވެރިއެއް ކަމުގައި ހުރާ ދާއިރާގެ މަޖިލިސް މެމްބަރު، ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ. މެމްބަރު އަނާރާ މިހެން ވިދާޅުވީ މައަދު ހަވިރު ކ. ގުޅީގެ ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވާ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަނާރާ ވިދާޅުވީ ގުޅި، ހުރާ އަދި ހިންމަފުށީގެ ކަންކަން ވަރަށް ގާތުން ބަލާ ރައްޔިތުން އެދޭ ކަންކަމަށް ހައްލު ހޯއްދަވައި، ވަރަށް އަވަސް ސްޕީޑް ގައި މަސައްކަތް ކުރައްވާ ވެރިއެއް ގޮތުގައި ރައީިސް ޑރ. މުއިއްޒު ފާހަގަ ކުރެއްވޭ ކަމަށެވެ.
“އެގޮތުން މި ކުޑަ ދުވަސް ކޮޅު ތެރޭގައި ހުރާ ދާއިރާގެ ހުރިހާ ރަށް ތަކަކަށް ވަޑައިގަތުން އެއީ ހުރާ، ހިންމަފުށު، ގުޅިއަށް ލިބިގެން ދިޔާ ވަރަށް ބޮޑު ޝަރަފެއް” އަނާރާ ވިދާޅުވިއެވެ.

އަނާރާގެ ވާހަކާގައި ގުޅިއަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަން ފާހަގަކުރެއްވި އެވެ. އެގޮތުން އެންމެ ބޭނުން ޖެހިފައިވާ އެއް ކަމަކީ ގުޅީގެ ބިން ހިކުން ކަމަށް އަނާރާ ވިދާޅުވިއެވެ. “އެއީ ގުޅިއަކީ ބޯހިޔާ ވަހިކަމަށް ބޭނުންވާ ވަރަށް ގިނަ ރައްޔިތުން ތަކެއް ތިބި ރަށެއް ކަމަށް އަޅުގަނޑަށް ފާހަގަ ވޭ” އަނާރާ ވިދާޅުވިއެވެ. ގުޅީގެ ގެތަކަށް ޒިޔާރަތް ކުރި ކުރުމުގައި ގިނަ އާއިލާ ތަކަކުން އެއް ގެއެއްގައި އުޅެމުން އައި މަންޒަރު ފެނިފައިވާކަން ފާހަގަކުރައްވަމުން އަނާރާ ވިދާލުވީ ޑރ. މުއިއްޒުގެ ސަރުކާރުން އެރަށުގެ ބޯހިޔާވަހިކަމަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އިތުރަށް އަނާރާ ފާހަގަ ކުރެއްވި ކަންތަކުގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބުމާއި އާ މިސްކިތެއް ބިނާ ކުރުން ހިމެނެއެވެ. “މިހާރު ހުރި މިސްކިތައް އެރެނީ 400 އެއްހާ މިހުނަށް، އެހެން ނަމަވެސް ހުކުރު ދުވަސް ދުވަހު ހަގީގަތުގައި އެއަށް ވުރެ ގިނަ ބަޔަކު، ގުޅިއަށް ޒިޔާރަތް ކުރާ މީހުން ވެސް ވަރަށް ގިނަ އެގޮތުން މިސްކިތުގެ ޖާގައިގެ ދަތިކަން އޮންނަނީ ކުރިމަތިވެފަ، އެހެންވީމަ ގުޅިއަށް އާ މިސްކިތެއް ބިނާކުރަން ވަނީ ބޭނުނެޖެހިފަ”. އަނާރާ ވިދާޅުވިއެވެ. ގުޅީގެ ސްކޫލް އިމާރާތުގެ މަސައްކަތް އަވަސްކޮށްދެއްވުމާއި، އެރަށުގެ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ލިބިގެން ދިއުމަކީވެސް ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމުގައި އަނާރާ ފާހަގަކުރެއްވި އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
