
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކ. ގުޅީ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެރަށު ބިން ހިއްކުމުގެ މަޝްރޫއު އަލުން ފައްްޓަވާ، ފަސް އަޅާ ނިމިގެން ނޫނިއްޔާ އެ މަޝްރޫއު ނުހުއްޓޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އިއްޔެ ހަވީރު ކ. ގުޅިއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ދޭން ބޭނުންވާ ޔަގީން ކަމަކީ ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ކަަމަށެވެ. އަދި ތަރައްގީއަށް ރައްޔިތުން އެދިއެދި މިއަދާއި ހަމައަށް ތިއްބެވި، ތިއްބެވުމަށް ނިމުން ގެނެސްދެެއްްވާ، ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އެ ޔަގީންކަން ދިނުމަށް އަޅުގަނޑު މިއައީ، އެންމެ ފުރަތަމަވެސް އެންމެ މުހިންމު ކަމަކީ ރަށުގެ ޖާގަ ނެތުމުގެ މައްސަލައަށް ހައްލެއް އައުން،”. ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުގެ ދައުރުގެ ވަރަށް ފަހު މުއްދަތުގައި ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތުގައި ސޮއި ކުރެވިފައިވާއިރު، އެހެން ނަމަވެސް އެ މަޝްރޫއު އެކަށީންވާ ގޮތަކަށް ނުފެށި އޮތް ކަމަށެވެ. އަދި ފުރަތަމަ ތަންފީޒު ކުރަން ޖެހުނު ބަޖެޓު ނުވަތަ އެ ސަރުކާރުގެ މަޖިލީހުން ފާސް ކުރި ބަޖެޓުގައި އެ މަޝްރޫއު ކުރިއަށް ގެންދެވޭ ފަދަ ޖާގައެއް ދީފައި ނުވާ ކަމަށް ރަައީސް ވިދާޅުވިއެވެ. “ނަތީޖާަކަށްވީ އެ މަޝްރޫއު އަޅުގަނޑުމެންނަށް ގެންދެވޭ ގޮތެއް ނުވޭ، އެ މަޝްރޫއާއެކީގައި، ބިން ހިއްކާ، އެތަން ހިލަ ޖަހައިގެން ރައްކާތެރި ކުރުމާއި އެކީގައި ކުރިއަށް ގެންދަން ޖެހޭ މުހިންމު މަޝްރޫއެއް، އަޅުގަނޑު ގަބޫލު ކުރަނީ ތިޔަބޭފުޅުން ބޭނުންވެލައްވާ ގޮތަށް އެއީ މިރަށަށް އެންމެ މުހިންމު މަޝްރޫއުގެ ގޮތުގައި،”. ރައީސް ވިދާޅުވިއެވެ.
“މި ދަތުރުން އަޅުގަނޑުދޭ ޔަގީން ކަމަކީ، މިހާރު އެމްޓީސީސީގެ ޓީމް މިރަށުގައި އެބަ ތިބި، ތިބުމަކީ، އެބޭފުޅުން އައި ބޭނުމަކީ، އަޅުގަނޑުމެން މި ދެ ޔަގީންކަން ދިނުން، މިހާރު އެ މަސައްކަތް ބަންޑްވޯލް ޖެހުމުގެ މަސައްކަތާއި އެކީގައި ފެށިގެން އެ ދަނީ، ދެން ކުރީގައި ވީހެން ނުވާނެ، ބަންޑް ވޯލް ޖަހާ ނިމި ފަސް އަޅަން ފަށާ، އިރާދަކުރެއްވިއްޔާ ފަސް އަޅާ ނިމިގެން ނޫނިއްޔާ ދެން އެ މަޝްރޫއު ނުހުއްޓޭނެކަމުގެ ޔަގީންކަން ދެން،”. ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތަށް، އަދި ކައުންސިލްގެ ބައްދަލުވުމުގައި ދެންނެވި ގޮތަށް، މަޝްރޫއު ބައްޓަން ކުރައްވާފައިވާއިރު، އެއަށް ބަދަލު ނުގެންނަވާނެ ކަމަށެވެ. އަދި އެގޮތަށް ކުރިއަށް ގެންގޮސްދީ ނިންމަވާ ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވަނީ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުވުމުން، ގޯތިގެދޮރުގެ މައްސަލައަށް ހައްލު ލިބިގެންދާއިރު، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްވެސް ފުރުސަތު ލިބިގެންދާނެ ކަން ފާހަގަކުރައްވާފައެވެ. އަދި ރަށުގެ އާމްދަނީ އިތުރު ކުރުމަށް ބޭނުންވާ ކޮންމެ ކަމަކަށްވެސް ޖާގަ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. “މިއީ މިރަށު ތަރައްގީއަށް ލާޒިމް މަސައްކަތެއްގެ ގޮތުގައި”. ރައީސް ވިދާޅުވިއެވެ.
އަދި މިރަށަށް ބޭނުންވާ އެހެނިހެން ކަންކަންވެސް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިރަށު ބަނދަރުގެ މަސައްކަތް ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި މިކަންވެސް ކުރިއަށް ގެންދަވާނީ ރައްޔިތުންނަށް އެންމެ ފައިދާވާ ދުރު ރާސްތާއަށްވެސް އެންމެ ރަނގަޅު ވާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ތައުލީމީ ދާއިރާއާ ގުޅުން ހުރި ކަންކަންވެސް ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު ދޭނެ ޔަގީންކަމަކީ ބަނދަރުގެ މައްސަލަ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް، މިރަށުގެ އިގްތިސާދީ ތަރައްގީއަށްވެސް އެންމެ ނަފާ ލިބޭ ގޮތަށް، މި ބިންހިއްކުމުގެ މަޝްރޫއު ނިމިގެންދާއިރު ނުވަތަ އޭގެ ކުރިންވެސް މިހާރުން، މިހާރަށްވެސް ނެރުފައްކައްޓަށް ދިމާވެފައިވާ، ނެރުފައިކަށި އޮތް ގޮތުގެ ސަބަބުން ބަނދަރަށް ދިމާވެފައިވާ ދަތިކަމަށް ހައްލު ގެނައުމާއި، މިކަންކަން ހިމެނޭ ގޮތަކަށް އެ މަސައްކަތްކޮށްދީ ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދެން،”. ރައީސް ވިދާޅުވިއެވެ.
އިތުރު ކަމެއްގެ ގޮތުގައި މިސްކިތުގެ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ކުނި މެނޭޖް ކުރުމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
