
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދިވެހި ދައުލަތުގެ މާލީ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާކަން މަރުކަޒީ ބޭންކު، އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއަކީ 34 ބިލިއަން ރުފިޔާ ކަމަށްވާއިރު، ޖުމްލަ ޚަރަދު 48 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފާހަގަކުރެވެއެވެ. މިއީ ދައުލަތުގެ ބަޖެޓު ޑެފިސިޓް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 14 ޕަސެންޓެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރު ލިބުނު އާމްދަނީގެ 76 ޕަސެންޓް، ނުވަތަ 26 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. އެހެންނަމަވެސް، ހިލޭ އެހީގެ ގޮތުގައި ލިބުނު 658 މިލިއަން ރުފިޔާއަކީ އަންދާޒާކުރެވުނު އަދަދަށްވުރެ 44 ޕަސެންޓް ދަށް އަދަދެކެވެ. މިކަމުން ދޭހަވަނީ ބޭރުގެ އެހީގެ މައްޗަށް ބަރޯސާވުމުގެ ނުރައްކާތެރިކަމެވެ. ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ ޖުމްލަ ޚަރަދުގެ 70 ޕަސެންޓް، ނުވަތަ 34 ބިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ ދައުލަތުގެ އޮފީސްތައް ހިންގުމަށާއި މުވައްޒަފުންގެ މުސާރައަށެވެ. މިއާއެކު، ކެޕިޓަލް މަޝްރޫޢުތަކަށް 15 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، މިއީ ބަޖެޓުގައި ކަނޑައެޅި އަދަދަށްވުރެ އެއް ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އަދި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 11 ބިލިއަން ރުފިޔާ ހޭދަކުރެވި، ލޯނު އަނބުރާ ދެއްކުމަށް 2.3 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ.
2023 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 109 ބިލިއަން ރުފިޔާގައި ހުރިއިރު، އިޤްތިޞާދު 5.5 ޕަސެންޓަށް ކުރިއަރާފައިވެއެވެ. އެމްއެމްއޭ އިން ލަފާކުރާ ގޮތުގައި 2023 ވަނަ އަހަރު އިޤްތިޞާދު 6.4 ޕަސެންޓަށް ކުރިއެރި ނަމަވެސް، މި ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ހާސިލުކުރުމަށްޓަކައި ދައުލަތުގެ ޚަރަދުތައް ހަރުދަނާކޮށް، އާމްދަނީ އިތުރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން މި ތަފާސްހިސާބުތަކުން ދައްކުވައިދެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
