
ޗައިނާގައި މިދުވަސްވަރު ފެތުރެމުންދާ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގެ ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން މިއަދު ބުނީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން، ޗައިނާ ސީޑީސީއާއި ހަވާލާ ދެއްވާ މައުލޫމާތު ދެއްވާ ގޮތުގައި ޗައިނާގެ އެކި ހިސާބުތަކުގައި މިދިޔަ ނޮވެމްބަރ ދެ ވަނަ ހަފްތާއިން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ފިނި މޫސުމާ ދިމާކޮށް ޗައިނާ އަދި ފިނި މޫސުން އަންނަ އެހެން ޤައުމުތަކުގައި އާއްމުކޮށް ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާ ކަމަށާއި، މިދިޔަ އަހަރާއި އަޅާ ބަލާއިރު ޗައިނާގައި މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރާއި، ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް މަދު ކަމަށް ތަފާސްހިސާބުތަކުން ފާހަގަކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ. “މިހާލަތާއި ގުޅިގެން ޗައިނާއިން އިމަރޖެންސީއެއް އިއުލާނުކޮށްފައި ނުވެއެވެ. ޗައިނާގައި ފެތުރެމުންދާ ބަލިތަކަކީ އާއްމުކޮށްވެސް ދައުރުވާ ނޭވާލާ ނިޒާމުގެ ބަލިތަކެވެ. މީގެ ތެރޭގައި އެންމެ ގިނައީ އިންފްލުއެންޒާއެވެ. މީގެ އިތުރުން އާރް.އެސް.ވީ، ރައިނޯވައިރަސް، އެޑިނޯވައިރަސް، މައިކޯޕްލާސްމާ ނިމުއޯނިއާ އަދި ހިއުމަން މެޓަނިއުމޯވައިރަސް ހިމެނެއެވެ.” އެޗްޕީއޭއިން ބުންޏެވެ.
އެ އިދާރާއިން ބުނީ “މިހާލަތު ދަނީ މޮނިޓަރ ކުރަމުން” ކަމަށެވެ. އެހެން ނަމަވެސް މި ބައްޔާ ގުޅިގެން ރާއްޖެއަށް ނުރައްކަލެއް އޮތް ކަމެއް ނުވަތަ ނޫން ކަމެއް އެޗްޕީއޭއިން ހާމަކޮށްފައި ނުވެއެވެ. އަދި މި ބަލިން ސަމާލަތްވުމަށް ފިޔަވަޅެއް އަޅާފައިވާ ކަމެއްވެސް ހާމަކޮށްފައި ނުވެއެވެ. ޗައިނާގައި ފެތުެރމުންދާ ހިއުމަން މެޓަނިއުމޯވައިރަސްގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބައެއް ގައުމުތަކުން ވަނީ އެ ބަލި ފެތުރެމުންދާ މިންވަރު އިތުރުވަމުންދާކަމަށް ބުނެ ސަލާމަތީ ފިޔަވަޅު އަޅަން ފަށާފައެވެ.
ހިއުމަން މެޓާނިއުމޯވައިރަސް (އެޗްއެމްޕީވީ) އަކީ އާންމުގޮތެއްގައި ރޯގާ ފަދަ އަލާމާތްތައް ފެންނަ ވައިރަހެކެވެ. ކެއްސާ، ކިނބިހި އެޅުން، ނޭފަތުން ފެން އައުން ނުވަތަ ކަރުގައި ރިއްސުން ފަދަ ކަންކަން ދިމާވެދާނެ އެވެ. ގިނަ ކޭސްތަކަކީ އާދައިގެ ކޭސްތަކެއް ނަމަވެސް ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޮޑެތި މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
