
(ފޮޓޯ ކްރެޑިޓްސް: ސަރުކާރު)
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ޖަމްޢިއްޔަތުލްޤަލަމުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. ބުރާސްފަތި ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދާ އެކި މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ މަޢުލޫމާތު އަރުވައިފައެވެ. އަދި ވަޒީރުގެ ޚިޔާލުފުޅުތަކާއި ލަފާފުޅު ވެސް ވަނީ އެ ބޭފުޅުންނަށް އަރުވައިފައެވެ.
މީގެ އިތުރަށް އިސްލާމީ ތަރުބިޔަތާއި ދައުވަތުގެ ދާއިރާއިން، އެ ޖަމިއްޔާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވައި، ކުރިއަށް އޮތް ތާނގައި އެ އަތޮޅުގައި ދީނީ ތަރުބަވީ ޕްރޮގްރާމް ހިންގުމަށް ޓަކައި، ޖަމިއްޔާއަށް އެހީތެރިވެދޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ރަށްރަށުގައި ހަރަކާތްތެރިވަމުން އަންނަ ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިނގަވަމުންނެވެ. މީގެ އިތުރަށް ދީނީ ޖަމްޢިއްޔާތަކުގެ މަހާސިންތާއެއް ބާއްވައި ޖަމްޢިއްޔާތަކާ ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު، ވަނީ މަޝްވަރާކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ފިނޭންސް މިނިސްޓަރ ޒަމީރު އިސްތިއުފާ ދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވަޒީރު މޫސާ ޒަމީރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ސަރުކާރުގެ ތަރުޖަމާނު މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އިސްތިއުފާ...
ރާއްޖެއިން ދަނީ ނަތީޖާ ދައްކަމުން، ބީ.އެމް.އެލްގެ ދައުރު ބޮޑު: ފިޗު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ރޭޓިންގް 'ސީސީސީ-' އަށް މަތިކޮށް، ބޭންކުގެ ކުރިމަގު...
“ބޭސް ލިބުން އުނދަގޫވަނީ، ސަޕްލައިޗެއިން ތަރައްޤީ ނުވުމުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ނުވަތަ ސަޕްލައިޗެއިން ތަރައްޤީވެފައި ނެތުމަކީ ބޭސް ލިބުމަށް...
ރަޝިޔާއިން ޒިޔާރަތްކުރި ފަތުރުވެރިން %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 21 އިންސައްތަ އިތުރުވެ، 130,414...
ތުރުކީއާއެކު ސޮއިކުރި ޕީޓީއޭގެ، ވިޔަފާރީގެ ފުރުސަތުތަކުގެ މަޝްވަރާއެއް
(ފޮޓޯ ކްރެޑީޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) ތުރުކީވިލާތުގައި ކުރިއަށްދާ "ޒީރޯ ވޭސްޓް ފޯރަމް" ގެ ހަވާސާގައި، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް،...
“ކުނީގެ މައްސަލާގައި ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) ތުރުކީގައި ކުރިއަށްދާ "ޒީރޯ ވޭސްޓް ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކުރުމަށް...
