
ފޮޓޯ ކްރެޑިޓްސް: ކުޅުދުއްފުށި މިހާޒް
އިރުވައި މޫސުމާ ދިމާކޮށް ހދ. ކުޅުދުއްފުށީ ސިޓީގެ ކުޅިއަށް ޒިޔާރަތްކުރާ ގުޑުގުޑާ ދޫނިތަކަށް އުނދަގޫވާފަދަ އެއްވެސް އަމަލެއް ނުކުރުމަށް އެ ސިޓީގެ ކައުންސިލުން އަންގައި އިއުލާނުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ކުޅިއަށް އިރުވައި މޫސުމުގައި ޒިޔާރާތްކުރާ ގުޑުގުޑާ ދޫނިތަކާއި ބައެއް ފަރާތްތަކުން މާ ކައިރިއަށް ދިއުމާއި، ދޫނިތަކަށް ގޯނާވާގޮތަށް ކުޅީގައި ކެނޯ ދުއްވާކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުން އެ އިދާރާއަށް އަންނަނީ ހުށައަޅަމުން ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޖައުފަރު އަލީ)
“އެހެންކަމުން ގުޑުގުޑާ ދޫނި ކުޅީގައި ތިބޭއިރު ކުޅީގައި ކެނޯ ދުއްވުމަކީ މަނާކަމެއް ކަމުގައިގައި ދަންނަވަން. އަދި ޑްރޯން ދުއްވާ ފަރާތްތަކުން ވެސް ދޫނިތަކަށް އުނދަގޫވާފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސް ކުރަން.” އެ ޕޯސްޓްގައި ކައުންސިލުން ވިދާޅުވެފައިވެއެވެ. ކުޅީގައި ކެނޯ ދުއްވާނަމަ ނުވަތަ ދޫނިތަކަށް އުނދަގޫވާ ފަދަ އަމަލުތައް ރިޕޯޓް ކުރުމަށް 7328831 ގުޅުމަށް ވެސް އެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްވީ ކްރައިސިސް)
އެންމެ ފުރަތަމަ އެ ދޫނިތައް ކުޅުދުއްފުށީގެ ކުޅިއަށް ޒިޔާރަތްކުރީ މީގެ ތިން އަހަރު ކުރިންނެވެ. އޭގެ ފަހުން ކޮންމެ އިރުވައި މޫސުމަކާއި ދިމާކޮށް އެ ދޫނިތައް އެ ކުޅިއަށް ޒިޔާރަތްކުރެއެވެ. ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން ކައިރި ރަށްރަށުގެ މީހުން ވެސް މި ދޫނިތައް ބަލާލުމަށް ކުޅުދުއްފުށްޓަށް ޒިޔާރަތްކުރެއެވެ. މިކަމުގެ ސަބަބުން ކުޅުދުއްފުށީގެ ވިޔަފާރިތަކަށްވެސް ފައިދާތަކެއް ވެސް ލިބެމުންދެއެވެ. ގުޑުގުޑާ ދޫންޏަކީ ރާއްޖެއިން އާންމުކޮށް ކުރިން ފެންނަ ދޫންޏެއް ނޫނެވެ. އަދި އެ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެއް ވެސްމެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
