
(ފޮޓޯ ކްރެޑިޓްސް: ގެޓީ އިމޭޖާސް)
އެމެރިކާގެ ދިހަ މިލިއަނަށްވުރެ ގިނަ ރައްޔިތުން ވަނީ ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް ފިނިވެ، އެންމެ ގިނައިން ގަނޑުފެން ވެހޭނެ ކަމަށް ލަފާކުރެވޭ ބޮޑު ފިނި ވިއްސާރައަކަށް ތައްޔާރުވަމުންނެވެ. ނޭޝަނަލް ވެދަރ ސަރވިސް (އެން.ޑަބްލިޔު.އެސް) އިން ބުނެފައިވާ ގޮތުގައި، މި ވިއްސާރަ ފެށިގެން އައީ އެމެރިކާގެ މެދުތެރެއިން ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިރުމަތި ފަރާތަށް އެ ވިއްސާރަ ފެތުރިގެންދާނެ ކަމަށެވެ.
މިސިސިޕީ އާއި ފްލޮރިޑާ ފަދަ ބޮޑެތި ފިނި ވިއްސާރަތަކަށް އާދަވެފައި ނުވާ އެމެރިކާގެ ސަރަޙައްދުތަކުގައިވެސް ނުރައްކާތެރި ޙާލަތްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެވިފައިވެއެވެ. މޫސުމާބެހޭ މާހިރުން ބުނާ ގޮތުގައި މި ހަރުކަށި މޫސުމުގެ ސަބަބަކީ ޕޯލަރ ވޯޓެކްސް އެވެ. އެއީ އާކްޓިކް ސަރަޙައްދުގައި ދައުރުކުރާ ފިނި ވައިގެ ސަރަޙައްދެކެވެ. “ބައެއް މީހުންނަށް މިއީ ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެންމެ ގިނައިން ގަނޑުފެން ވެހޭ ދުވަސްވަރު ކަމަށް ވެދާނެ،” ކަމަށް ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން އިން ބުނެފައިވެއެވެ. އެކިއުވެދަރގެ މޫސުމާބެހޭ މާހިރު ޑޭން ޑެޕޮޑްވިން ބުނެފައިވަނީ، “މިއީ 2011 ވަނަ އަހަރުން ފެށިގެން އެމެރިކާގައި އެންމެ ފިނި ޖެނުއަރީ މަހަކަށް ވެދާނެ” ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ “އާންމު އެވްރެޖަށްވުރެ ވަރަށް ބޮޑަށް ދަށް ފިނި މިންވަރުތަކެއް” އެއް ހަފުތާއަށްވުރެ ގިނަ ދުވަހު ދެމިގެން ހިނގައިދާނެ ކަމަށެވެ. އިރުމަތީ ސަރަޙައްދުގައިވެސް އެ ދަށް ފިނި މިންވަރުތައް ހުންނާނެ ކަމަށާއި، އާދީއްތަ ދުވަހުގެ ހަވީރު ވިއްސާރަ އެ ސަރަޙައްދަށް ފޯރާނެ ކަމަށް ލަފާކުރެވެއެވެ. އެން.ޑަބްލިޔު.އެސް އިން ބުނާ ގޮތުގައި، އެމެރިކާގެ މެދު ސަރަޙައްދުގައި އާދީއްތަ ދުވަހާ ހަމައަށް “ދިރިއުޅުމުގެ ކަންކަމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ” އަދި “ނުރައްކާތެރި ނުވަތަ އެއްގޮތަކަށްވެސް ދަތުރުފަތުރު ނުކުރެވޭ ފަދަ ޙާލަތްތަކާއި ފުޅާ ދާއިރާއެއްގައި ތަންތަން ބަންދުކުރުން” ހިމެނޭނެއެވެ.
ކެންސަސް އާއި އިންޑިއާނާގެ ބައެއް ސަރަޙައްދުތަކުގައި މަދުވެގެން 8 އިންޗި (20.3 ސެންޓިމީޓަރ) ގެ ގަނޑުފެން ވެހިދާނެއެވެ. މިޑްވެސްޓްގެ ބައެއް ސަރަޙައްދުތަކުގައި ބުރުބުރި އައުމުގެ ފުރުޞަތު އެބައޮތެވެ. “ހުދު ބައްތިއެއް ފަދައިން ވެގެންދިއުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަކީ ވަރަށް ނުރައްކާތެރި ކަމަކަށް ވެގެންދާނެ، މަގުތައް ބަންދުވެ، އުޅަނދުފަހަރު މަގުމަތީގައި ހުއްޓި ހިނގައިދާނެ ނުރައްކަލެއް އެބައޮތް،” ކަމަށް އެން.ޑަބްލިޔު.އެސް އިން އިންޒާރު ދީފައިވެއެވެ. މިސޫރީ، އިލިނޮއިސް އަދި ކެންޓަކީ އާއި ވެސްޓް ވަރޖީނިއާގެ ބޮޑު ބައެއްގައި ގަނޑުވާ ވާރޭ އާއި ގަނޑުފެން ވެހޭނެ ކަމަށް ލަފާކުރެވެއެވެ.
ވިއްސާރަ އިރުމަތި ފަރާތަށް ފެތުރިގެންދާއިރު، އިތުރު މިލިއަނުން ގުނާ އެމެރިކާގެ ރައްޔިތުންނަށް ރެކޯޑު ދަށް ފިނި މިންވަރުތަކެއް ފެންނާނެ ކަމަށް މޫސުމާބެހޭ މާހިރުން ބުނެފައިވެއެވެ. ވޮޝިންގްޓަން ޑީ.ސީ، ބޯލްޓިމޯ އަދި ފިލަޑެލްފިއާ ފަދަ ސިޓީތަކުގައި އާދީއްތަ ދުވަހުން ފެށިގެން ހޯމަ ދުވަހާ ހަމައަށް ގަނޑުފެން ވެހި އައފެން ވެހި އައިސްގަނޑު އެޅުމުގެ ޙާލަތްތަކަށް ތައްޔާރުވަމުންދެއެވެ. ވަރޖީނިއާގެ ބައެއް ސަރަޙައްދުތަކުގައި 5-12 އިންޗި (12.7-30.5 ސެންޓިމީޓަރ) ގެ ގަނޑުފެން ވެހިދާނެއެވެ. މީގެ އިތުރުން، އާދީއްތަ ދުވަހު އެމެރިކާގެ ދެކުނު ސަރަޙައްދުގެ ބައެއް ހިސާބުތަކުގައި، އާކަންސޯ، ލުއިޒިއާނާ އަދި މިސިސިޕީ ހިމެނޭގޮތަށް، ގަދަ ގުގުރުމާއެކު ވިއްސާރަވެދާނެއެވެ.
އަމިއްލަ މޫސުމާބެހޭ މާހިރު ރަޔަން މޯއީ ބުނެފައިވަނީ: “މިއީ ވަރަށް ބޮޑު ހަލަބޮލިކަމަކަށް ވެގެންދާނެ، އަދި ނުރައްކާތެރި ކަމަކަށް ވެދާނެ. މިއީ އަހަރެމެންނަށް ދުވަސްކޮޅެއް ވަންދެން ނުފެންނަ ފަދަ ކަމެއް.” އެމެރިކަން، ޑެލްޓާ، ސައުތްވެސްޓް އަދި ޔުނައިޓެޑް އެއަރލައިންސްއިން ވަނީ ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކާ ގުޅިގެން ފްލައިޓްތައް ބަދަލުކުރުމުގެ ފީތައް މާފުކޮށްދީފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
