
(ފޮޓޯ ކްރެޑިޓްސް: ހެލްތް މިނިސްޓްރީ)
އަވަށްޓެރި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ފަދަ އެއްވެސް ގުޅުމެއް އެހެން ގައުމަކާއެކު ނުބާއްވާނެ ކަމަށާއި، ސަރަހައްދީ ހަމަޖެހުމަށް އިންޑިއާއާ އެކު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމުގައި ޚާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ “ވިއޯން” ނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި، ޗައިނާގެ ރިސާޗް އުޅަނދުތަކެއް ރާއްޖެ އައިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އެފަދަ އެއްވެސް އުޅަނދެއް ރާއްޖެ އައިސްފައިނުވާ ކަމަށެވެ.
“އެފަދަ އުޅަނދެއް ރާއްޖެ ޒިޔާރަތްކޮށްފައި ނުވޭ. ކުރިންވެސް ފާހަގަކުރި ފަދައިން، ޗައިނާ އަދި އެނޫނަސް އެހެން ގައުމަކާއެކު ރާއްޖެއިން ބާއްވާ ގުޅުމެއްގެ ސަބަބުން ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އެއް ނާރާނެ. އަދި އިންޑިއާއާ ގުޅުން ހީނަރުވެދާނެ ފަދަ ކަމެއް ރާއްޖެއިން ނުވެސް ކުރާނެ. އިންޑިއާ އަކީ ދިވެހިންގެ ހިތްތަކާ ގުޅިފައިވާ ގައުމެއް” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއިން ގައުމުތަކާއެކު ބާއްވާ ގުޅުންތައް އެއްގައުމު އަނެއް ގައުމާ ތަފާތު ކަމަށެވެ.
“މިސާލަކަށް އިންޑިޔާގެ ވާހަކަ ދައްކާއިރު، އިންޑިޔާއާއި ރާއްޖެއާ ދެމެދު ތާރީޚީ، ވަރަށް ގާތް ގުޅުމެއް އެބައޮތް. ހަމައެފަދައިން، އެހެން ޤައުމުތަކާއެކުވެސް އޮވޭ، އެއީ ކޮންމެހެން ޗައިނާނުވަތަ އެހެން ޤައުމުތަކަކަށް ނުވެދާނެ، އެކި ޕްލެޓްފޯމްތަކުގައި، އެކި އޭންގަލްތަކުގައި އަޅުގަނޑުމެންގެ ގުޅުންތައް އެބަހުރި. އެއީ ކޮމާޝަލް ކަމަކަށް ވިޔަސް، އިޤްތިޞާދީ ސަބަބުތަކަށްޓަކައި ކަމަށް ވިޔަސް، އިންޑިޔާގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން އަބަދުވެސް ދެކެނީ އިންޑިޔާގެ ގުޅުމަކީ އެންމެ ފުރަތަމަ ގުޅުން ގޮތުގައި. އެހެންވީމާ، އަޅުގަނޑުމެން މިތިބީ އެކަމަށް އަޒުމް ކަނޑައަޅައިގެން. އެހެން ޤައުމުތަކާ އެކު އޮންނަ ގުޅުމުގެ ސަބަބުން، އިންޑިޔާއާ އޮންނަ ގުޅުމަށް އުނިކަމެއް ނާންނާނެ، ސަބަބަކީ، އިންޑިޔާއަކީ އެންމެ ގާތް އަވަށްޓެރި އަދި އެންމެ ގާތް ބައިވެރިޔާކަމަށްވާތީ،” ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރިންވެސް ގައުމަށް ދިމާވި ކާރިސާގެ ހާލަތްތަކުގައި އާއި އެހެނިހެން ކުއްލި ހާލަތްތަކުގައި އެންމެ ފުރަތަމަ ރާއްޖެއަށް އެހީގެ އަތް ދިގުކޮށްލި ގައުމުގެ ގޮތުގައި އޮތީ އިންޑިއާ ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އެހެން ކަމުން އެހެން ގައުމަކާ އޮންނަ ގުޅުމެއްގެ ސަބަބުން އިންޑިއާއާ އޮންނަ ގުޅުމަށް ހީނަރުކަމެއް އަތުވެދާނެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“އަޅުގަނޑު ދެކޭގޮތުގައި، ދެޤައުމުގެ މި ތަރައްޤީވެގެންދާނީ، ސުލްޙަމަސަލަސްކަމާއެކު. އިންޑިޔާ ކަނޑުގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ޞުލްޙަމަސަލަސްކަން ޤާއިމުކުރެވިގެން. އަދި އެކަމަށްޓަކައި، އިންޑިޔާ ކަނޑުގެ ހަމަޖެހުމަށްޓަކައި، ޚާއްޞަކޮށް އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، އިންޑިޔާ ކަނޑުގެ އެކި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެ. އަދި އަޅުގަނޑު ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަމަކީ އިންޑިޔާގެވެސް ސަލާމަތާއި ރައްކާތެރިކަން ކަމުގައި ދެކެން” ޑރ. ޚަލީލް ވިދާޅުވިއެވެ.
ސަރަހައްދުގެ ހަމަޖެހުމަށް ރާއްޖެއިން އިންޑިއާއަށް އެއްބާރުލުން ދޭނެކަން ހާމަކުރައްވަމުން ޑރ. ޚަލީލް ވިދާޅުވީ، ރާއްޖޭގެ ޑިފެންސް މިނިްސްޓަރު ވަރަށް އަވަށް އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އެކަމުން ދޭހަވެގެން ދަނީ ދެގައުމުންވެސް ސަރަހައްދުގެ ސަލާމަތަށް އިސްކަން ދެއްވާ މިންވަރު ކަމުގައި ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންގެ ޑިފެންސް މިނިސްޓަރ ވަރަށް އަވަހަށް އިންޑިޔާއަށް ވަޑައިގަންނަވާނެ. މިކަމުން ދޭހަވަނީ މި ސަރަޙައްދުގައި ދެޤައުމަށްވެސް، މި ސަލާމަތީ ޔަޤީންކަން،” ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
