
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު އެމްޑީޕީން ހަ މިލިއަން ޑޮލަރު (92 މިލިއަން ރުފިޔާ) ހޯދަން އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމަށް އެދުނު ކަމަށް އެމެރިކާގެ ނޫހެއް ކަމުގައިވާ ވޮޝިންޓަން ޕޯސްޓުން ޝާއިއުކުރި ރިޕޯޓާ ގުޅިގެން ފުރަތަމަ ފަހަރަށް ދިވެހި ސަރުކާރުން އެކަން ދޮގުކޮށްފިއެވެ.
އިންޑިއާގެ ނޫހެއް ކަމުގައިވާ “ވޮން” އަށް ދެއްވި ބަސްދީގަތުމެއްގައި ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓާ ގުޅިގެން ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯ ސުވާލު ދެންނެވެމުން ޚާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ އެކަމަށް ދޭން އޮތީ ވަރަށް ކުރު ޖަވާބެއް ކަމަށެވެ.
” އެކަމަށް ވަރަށް ކުރު ޖަވާބެއް އެއީ މުޅިން ވެސް ހަގީގަތާ ހިލާފު، އަސްލެއް ނެތް ވާހަކަތަކެއް. އެކަމުގައި އެއްވެސް ހަގީގަތެއް ނެތް.” ޑރ. ޚަލީލް ވިދާޅުވެފައިވެއެވެ.
ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައި ވަނީ އެމްޑީޕީގެ ބަޔަކާ އެކުގައި ވެރިކަން ބަދަލު ކުރުމުގެ ވާހަކަތައް ދެކެވެން ފެށީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކަަމަށެވެ. އެގޮތުން އިންޑިއާގެ ފޮރިން އިންޓެލިޖެންސް އެޖެންސީ ރިސާޗް އެންޑް އެނަލިސިސް ވިންގް (ރޯ) ގެ އޭޖެންޓަކު، އެމްޑީޕީގެ އިދިކޮޅު ލީޑަރުންނާ މަޝްވަރާ ކުރަމުން ދިޔަ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
“ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް” ނަމުގައި ތައްޔާރުކުރި ކަރުދާހެއްގައި އޮތީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 40 މެމްބަރަކަށް ރިޝްވަތު ދީގެން، ރައީސް ޑރ މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލިހުން ނަގައި ފާސް ކުރުމަށެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް ވެސް ރިޝްވަތު ދިނުމަށް ހުށަހަޅާފައިވެއެވެ. ރައީސް މުއިއްޒު މަގާމުން ވަކިކުރުން ކަށަވަރު ކުރުމަށްޓަކައި ސިފައިންނާއި ފުލުހުންގެ އިސް 10 އޮފިސަރަކާއި ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދިނުމަށް ވެސް އެ ލިޔުމުގައި ހުށަހަޅާފައިވެއެވެ. “އެކިއެކި ފަރާތްތަކަށް ފައިސާ ދިނުމަށް ރޭވީ، އަގަކަށް ކީ ހަ މިލިއަން ޑޮލަރު. ރާއްޖޭގެ ދެ އޮފިޝަލަކު ބުނާ ގޮތުގައި އެކަން ވާން އޮތީ އިންޑިއާ އިން،” ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ރޭވުން ނާކާމިޔާބުވީ ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ 11 މެމްބަރަކު ޕީއެންސީއަށް ސޮއިކުރެއްވުމުން ކަމަށް ވޮޝިންޓަން ޕޯސްޓުގައިވެއެވެ. އެ މެމްބަރުން ޕީއެންސީއަށް ގެންނެވީ މަގާމުން ދުރުކުރުމަށް ރާވަމުންދާ ރޭވުންތަކުގެ މައުލޫމާތުތައް ރައީސް ޑރ. މުއިއްޒަށް ލިބިވަޑައިގަތުމުން ވަރަށް އަވަހަށް އެޅުއްވި ފިޔަވަޅެއްގެ ގޮތުން ކަމަށް އޭގައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
