
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އަތޮޅު ތެރޭގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ގޭބިސީތަކުން ނަގާ ކުނީގެ ބިލް، ކަރަންޓު ބިލާއެކު ހިމެނުމަށް ކުރިން ނިންމި ނިންމުން މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބާތިލްކުރައްވައިފި އެވެ. މީގެ ކުރިން ނިންމާފައި އޮތީ، 1 ޖެނުއަރީ 2025 އިން ފެށިގެން ވެމްކޯއިން އަތޮޅު ތެރޭގައި ފޯރުކޮށްދޭ ގޭބިސީ ތަކުން ކުނި ނަގައިދިނުމުގެ ޚިދުމަތުގެ ބިލް ޔުޓިލިޓީ އެހެން ޚިދުމަތެއްގެ ބިލުގައި (ކަރަންޓު ބިލުގައި) ހިމެނުމަށެވެ. އެހެން ނަމަވެސް އެ ނިންމުން މިއަދު ބާތިލްކޮށްފައިވާ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
“2025 ޖަނަވަރީ އިން ފެށިގެން ވެމްކޯއިން އަތޮޅު ތެރޭގައި ފޯރުކޮށްދޭ ގޭބިސީ ތަކުން ކުނި ނަގައިދިނުމުގެ ޚިދުމަތުގެ ބިލް ޔުޓިލިޓީ އެހެން ޚިދުމަތެއްގެ ބިލުގައި ހިމެނުމަށް ނިންމި ނިންމުން ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާ ފުޅުގެ މަތިން ބާތިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ” ވެމްކޯ އިން ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ.
އެކުންފުނިން ބުނީ، އެ ބަދަލާއެކު ވެމްކޯގެ ޚިދުމަތް ފޯރުކޮށްދޭނީ ހަމައެކަނީ އެކުންފުނީގެ ޚިދުމަތަށް ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ވެމްކޯގެ ބިލަށް ފައިސާ ދެއްކުމުގެ އިންތިޒާމް އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ އޮފީސްތަކާއި ވެމްކޯގެ އަވަސްޕޭ ޕޯޓަލް މެދުވެރިކޮށް ހަމަޖައްސާފައިވާނެ ކަމަށްވެސް އެއިއުލާނުގައި ވެއެވެ. ވެމްކޯއިން މިހާރުގެ މާލެ ސަރަހައްދުގެ ކުނި ބިލް ކުރަމުންދަނީ ކަރަންޓު ބިލާއި އެއްކޮށްލައިގެނެވެ. ކުނި ބިލަށް މަހަކު 150 ރުފިޔާ ކޮންމެ ގޭބީސީއަކުން ދައްކަން ޖެހެއެވެ. އަތޮޅު ތެރޭގައިވެސް ދައްކަން ޖެހޭ އަދަދަކީ އެއީ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
