
އިންޑިއާ އައުޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްނެންގެވުމުގެ މަތިން ފަށައިގެން ހިންގި ކެމްޕެއިނެއް ކަން ރަސްމީކޮށް، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ހާމަކުރެއްވުމާ ގުޅިގެން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ޝުކުރު ދަންނަވައިފިއެވެ.
މިހާރު އިންޑިއާއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ ވިއޯން ނޫހަށް ދެއްވި ބަސްދީގަތުމުގައި ވަޒީރު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީން އިސް ނަންގަވައިގެން ކުރިއަށް ގެންދެވި ހަރަކާތެއް ކަމަށާއި މިހާރު އެ މަނިކުފާނަކީ ވެރިކަން ކުރާ ޕީއެންސީން މުޅި ދުރުގައި އަމިއްލަ ޕާޓީއެއް ގައި ސަރުކާރާ އިދިކޮޅަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ.
“އަޅުގަނޑުމެންނާ، ކުރީގެ ރައީސް އާ އޮތް ގުޅުމަކީ މުޅިން ތަފާތު ގުޅުމެއް. މިހާރު އެ މަނިކުފާނު ހުންނެވީ މުޅިން ބޭރުގައި. އަދި މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރާ ދެކޮޅަށް،” ޚަލީލް ވިދާޅުވިއެވެ. މިކަމާ ގުޅިގެން އަދީބް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕޭނަކީ ރައީސް ޔާމީންގެ އިންޑިއާއާ ދެކޮޅު ވިސްނުމުގެ ދަށުން ފެއްޓެވި ކެމްޕޭނެއްކަން ނިމިދިޔަ 2024 އަހަރު ފެށުނީއްސުރެ އިންޑިއާގެ ރަހުމަތްތެރިންނާއި އިންޑިއާގެ މީޑިއާތަކަށް ކިޔައިދެމުން އައި ކަމަށެވެ. އަދި މިއަދު ރަސްމީ ހައިސިއްޔަތުގައި ޚާރިޖީ ވަޒީރު އެކަން ހާމަކުރެއްވުން އެކަމާ އުފާކުރައްވާ ކަމުގައި ވިދާޅުވިއެވެ.
“އިންޑިއާ އައުޓަކީ ރައީސް ޑރ. މުއިއްޒުއާ ގުޅުން ހުރި ކެމްޕޭނެއް ނޫންކަން ޚާރިޖީ ވަޒީރު ރަސްމީކޮށް ހާމަކުރެއްވުމުން އެކަމާ އުފާކޮށް ޝުކުރު އަދާކުރަން.” އަދީބް ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
