
މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައިގައި އެކި ރަށްރަށުގައި ފެންބޮޑުވިނަމަވެސް މިހާރު ފެންހިންދައި ހުރިހާ ރަށެއްވެސް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓޯ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އެކި ރަށްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، ވިއްސާރަވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި ވިއްސާރައިގައި ރ. އިނގުރައިދޫއަށާއި ށ. މަރޮށްޓަށް އުދައަރައިގެން އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އަދި އިތުރު ރަށްތަކަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓްކޮށްފައިވެއެވެ.
ވިއްސާރައިގައި ގެއްލުން ލިބުނު އެންމެ ފަހުގެ އަދާހަމަ ހާމަކުރައްވަމުން އެންޑީއެމްއޭއިން ވިދާޅުވީ، ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފ. ނިލަންދޫ އަދި ކ. ހިންމަފުއްޓަށް ކަމަށެވެ. އެގޮތުން ނިލަންދޫގެ 80 ޕަސެންޓުގައި ފެން ބޮޑުވިއިރު ހިންމަފުށީގެ 60 ޕަސެންޓަށް ވަނީ ފެންބޮޑުވެފައެވެ. އަދި ކ. ގުރައިދޫގެ 60 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވެއެވެ. އެންޑީއެމްއޭއިން ވިދާޅުވި ގޮތުގައި ފެންބޮޑުވި ހުރިހާ ރަށެއްގައިވެސް މިހާރު ފެންހިންދާފައެވެ. އަދި ހުސްކުރި ގެތަކުގެ މީހުން އަނބުރާ ގެތަކަށް ބަދަލުވެފައިވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.
ވިއްސާރައިގެ ސަބަބުން މާލޭގައި ފެންބޮޑުވެ، އެހީއަށް އެދި ރިޕޯޓުކޮށްފައިވާއިރު، 554 ތަނަކަށް ވެލި ބަސްތާ ޖަހައިދިނުމަށް އެދިފައިވެއެވެ. އެމްއެންޑީއެފްޑީއެފްގެ މަޢުލޫމާތުން ދައްކާ ގޮތުގައި މާލޭގެ މަގުތަކުން 30,569 ޓަނުގެ ފެން ހިންދައި މިހާރު ވަނީ އާންމު ހާލަތަށް ގެނެވިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
