
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގައި ކަކުލާ ހަމައަށް ފެންބޮޑުވިއިރު، ސިފައިން ނިކުމެ 30،000 ޓަނުގއ ފެންހިންދާލައިފިއެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލެ ސަރަހައްދުގައި ކަކުލާ ހަމައަށް ފެންބޮޑުވިއިރު، ރަށްރަށުގައިވެސް ފެންބޮޑުވެ ގެއްލުންތަކެއް ލިބުނެވެ.
މާލެ ސަރަހައްދުގެ އިތުރުން ސިފައިން ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ރަށްތަކުގެ ތެރޭގައި ށ. ނަރުދޫ، ކ. ގުރައިދޫ، ކ. ހުރާ އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިމެނެއެވެ. މާލޭގައި ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ވެސްޓްޕާކް، އައިޖީއެމްއެޗް، ސަލްމާން މިސްކިތް، ބޮޑުވަޅު، މާފަންނު ފެރީ ޓާމިނަލް އަދި ކުޑަކުދިންގެ ބަގީޗާ ސަރަހައްދުތަކުގައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އިއްޔެ 11:37 ގައި ފެން ހިންދުމަށް މާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަން މިއަދު 8:30 ގައި ނިންމާލާފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި ނިޔަލަށް 30،569 ޓަނުގެ ފެން ވަނީ ހިއްކާފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެ އާއި ހުޅުލެއަށެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 142.6 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ. އަދި ހުޅުލެއަށް 144 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރުގެ ގިނަ ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާއި މުވައްސަސާތަކުގެ އިތުރުން ސިފައިންނާއި ފުލުހުންވެސް ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މެޓުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ހޯމަ އިން ފެށިގެންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
