
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކުން ފެމިލީ މެޑިސިން އަދި ފިޒިއޯތެރަޕީގެ އާ ހިދުމަތްތަކެއް ތައާރަފްކޮށްފި އެވެ. ޓްރީ ޓޮޕުން ބުނީ އެ ހޮސްޕިޓަލްގެ ހިދުމަތްތައް ފަސޭހަކަމާ އެކު މާލެއިން ފޯރުކޮށްދިނުމުގެ ގޮތުން މިހާރު ފެމިލީ މެޑިސިން ކޮންސަލްޓޭޝަންތަކާއި ފިޒިއޮތެރަޕީގެ އިތުރު ހިދުމަތްތައް އެ ކްލިނިކުން މިހާރު ލިބޭނެ ކަމަށެވެ. އަދި ބޭސްގަނޑު (ޑްރެސިން) ބަދަލުކުރުން ފަދަ ކުދި ފަރުވާތަކަށް ހާއްސަ ޓްރީޓްމަންޓް ރޫމެއް ވެސް މިހާރު އެ ކްލިނިކްގައި ހުންނާނެ ކަމަށް ވެސް ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރީވަތުސަން ސްރީދާ ޖީ ވިދާޅުވީ އެ ހޮސްޕިޓަލުން މަސައްކަތް ކުރަމުން ދަނީ ބަލިމީހުންގެ ބަދަލުވަމުންދާ ސިއްހީ ބޭނުންތަކަށް، ފަސޭހައިން ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމެވެ. އެ ހޮސްޕިޓަލުން ބުނީ މިހާރު މަސައްކަތްކުރަމުން ދަނީ އެތަނުގައި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ތައާރަފްކުރުމަށް ކަމަށެވެ. އެ ހިދުމަތްތައް މާލެއިން ފޯރުކޮށްދޭން ފެށުމުން ކުރިން ފަރުވާ ހޯދުމަށް ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ދަތުރުކުރަން ނުޖެހި، ވަގުތާއި ދަތުރުފަތުރުގެ ހަރަދު ސަލާމަތްކުރެވޭނެކަން އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.
ޓީޓީއެޗްގައި އަލަށް ތައާރަފްކުރި ހިދުމަތްތަކާއި އެކު ފެމިލީ މެޑިސިން ކޮންސަލްޓޭޝަނާއި ކުދި ޓްރީޓްމަންޓްތަކާއި “ޕޯސްޓް-އޮޕް ރީހެބް” ނުވަތަ އޮޕަރޭޝަން ކުރުމަށްފަހު ރީހެބިލިޓޭޝަން/ފިޒިއޯތެރަޕީގެ ހިދުމަތާއި ތަދު މެނޭޖްކުރުމުގެ ފަރުވާ ލިބޭނެ އެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްފައިވާ ރީހެބިލިޓޭޝަން/ފިޒިއޮތެރަޕީ އާއި ސްޓްރޯކް ރީހެބިލިޓޭޝަން/ފިޒިއޮތެރަޕީ އާއި ކުޑަކުދިންގެ ރީހެބިލިޓޭޝަން/ފިޒިއޮތެރަޕީ އާއި ސްޕޯޓްސް ތެރަޕީ ވެސް ލިބޭނެ އެވެ.
ޓީޓީއެޗް ކްލިނިކްގެ ފެމިލީ މެޑިސިން ހިދުމަތް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 09:30 އިން އިރުއޮއްސި 6:00 އަށް ލިބޭނެ އެވެ. އަދި ލެބޯޓްރީ ސާމްޕަލް ނެގުމާއި ސާމްޕަލް ކަލެކްޝަންސް ހިދުމަތް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ލިބޭނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
